އެމެރިކާގެ ޓެކްސާސްގައި ނަމާދުކުރާ މީހުންގެ ބޯކަނޑާނެކަމުގެ އިންޒާރު ދިނުން އަންނަނީ އިތުރުވަމުންނެވެ.
މިލިޓަރީގައި ޚިދުމަތްކުރުމަށްފަހު މިހާރު އިސްލާމްވެފައިވާ ވިންސަންޓް ސައިމަން ބުނީ އޭނާ ނަމާދުކުރަނީ ޓެކްސަސްގެ ވަރަށް ކުޑަ މިސްކިތެއްގައި ކަމަށެވެ. އެހެންކަމާއިއެކުވެސް އެ ފަދަ އިންޒާރުތައް އަންނަނީ ލިބެމުން ކަމަށެވެ.
ސައިމަން ބުނީ ކޮންމެ ހަފްތާއަކު 3 ވަރަކަށް މީހުން މިސްކިތުގައި ހުންނަ ފޯނަށް ގުޅައި ނަމާދުކުރާނަމަ ބޯކަނޑާނެ ކަމަށް ބުނެ އިންޒާރުގެ މެސެޖުތައް ރެކޯޑްކުރާ ކަމަށެވެ.
މިމިސްކިތުގެ އިސް ބޭފުޅެއް ކަމަށްވާ ނަޖީބް ޤާޒީ ވިދާޅުވީ އެމެރިކާގައި މިފަދަ ކަންކަން އިތުރުވެގެން މިދަނީ މުސްލިމުންނަށް ހަމަލާދީ މެރުމުގެ ލައިސަންސް، ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕް ދިނުމުން ކަމަށެވެ.
އެމެރިކާގައި މިހާރު ކަންކަން ހުރިގޮތުން މުސްލިމުންނަށް ތިބެންޖެހިފައިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެތެރޭގައެވެ.