ސެލްފީ ނަގަނިކޮށް ކޯރަށް ވެށްޓުނު އަންހެނަކު ސަލާމަތްކުރަން އުޅެނިކޮށް ދެބެއިން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ސެލްފީ ނަގަނިކޮށް ކޯރަށް ވެށްޓުނު އަންހެނަކު ސަލާމަތްކުރަން އުޅެނިކޮށް ދެބެއިން މަރުވެއްޖެ
ޕާކިސްތާނުގައި ސެލްފީ ނަގަން އުޅުނިކޮށް ހުރިގަލުން ކައްސާލައިގެން ކޯރަށް ވެށްޓުނު އަންހެނަކު ސަލާމަތްކުރަން މަސައްކަތް ކުރަނިކޮށް ކޮއްކޮ އާއި ދެބެއިން އެކުގައި މަރުވެއްޖެއެވެ.

ކުންހާރު ކޯރަކީވެސް ބާރަށް އޮއި ދަމާ އަދި ގައުތައް ގިނަ ކޯރަކަށް ވުމުން ވެށްޓިއްޖެ ނަމަ ވަރަށް ރަނގަޅަށް ފަތަން ދަންނަ މީހަކަށް ނޫނީ ސަލާމަތްވުމަކީ ނާދިރު ކަމެކެވެ.

މިއީ ޕާކިސްތާނުގައި މިހަފްތާގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. ފުރަތަމަ ހާދިސާގައި ސެލްފީ ނަގަނިކޮށް 11 އަހަރުގެ އަންހެން ދަރިފުޅު ކޯރަކަށް ވެށްޓުމުން ނަގަން ފުންމައިލި މަންމަ އާއި ބައްޕަ އާއި 3 މީހުން ވަނީ މަރުވެފައެވެ.

ސެލްފީ ނަގަން އުޅުމުގެތެރޭގައި މިފަދަ މައްސަލަތައް ކުރިމަތިވުން އިތުރުވަމުން އަންނާތީ އެކަމަށް ހޭލުންތެރިވުމަށް އިލްތިމާސްތައް ކުރި ނަމަވެސް އެކަމަށް ފަރުވާކުޑަކުރެވެމުންދާކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން