ގުންޑާއިން ލައްވާ މަގަށް އެއްލައިލުމަށްވުރެ މަަރައިލި ނަމަ މާއުފާވާނެ: 90 އަހަރުގެ މަންމަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ގުންޑާއިން ލައްވާ މަގަށް އެއްލައިލުމަށްވުރެ މަަރައިލި ނަމަ މާއުފާވާނެ: 90 އަހަރުގެ މަންމަ
އޭނާއަކީ އުމުރުން 90 އަހަރުވެފައިވާ އިންޑިއާ އަންހެނެކެވެ. އޭނާ ދިރިއުޅެމުން އައީ ކޮލްކަޓާގަ އޭނާގެ އަމިއްލަ ގޭގައެވެ. ދަރިފުޅާއި އޭނާގެ އޭނާގެ ޢާއިލާ އާއިވެސް އެކުގައެވެ.

ކުއްލިއަކަށް ފެނުނީ ގުންޑާއިން ތަކެއް ގެއަށް ވަދެ ގަދަކަމުން އޭނާ ގެއިން ނެރެ މަގުމައްޗަށް ދޫކޮށްލިތަނެވެ. މިކަން ކުރުމަށްފަހު ގުންޑާއިން އެނބުރި ދިއައީ އަނބުރައި ގެއަށް ނުވަނުމަށް އިންޒާރުދީފައެވެ.

މަންޒަރު ބަލަން ތިބި މީހުން ފުލުހުންނަށް އެކަން އެންގުމުން ފުލުހުން އައިސް ބެލިއިރު 90 އަހަރުގެ އަންހެން މީހާއަށް ވަނީ އެކިވަރުގެ އަނިޔާތައްވެސް ލިބިފައެވެ.

ހޮސްޕިޓަލުގައި އޮވެ އޭނާ ބުނީ އޭނާގެ ފިރިހެންދަރިފުޅަށް އޭނާ އާއި ހުރެ އުނދަނގޫވެގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އަދި އޭނާ މަގަށް ނެރެ ދޫކޮށްލުމަށްފަހު ގެއަށް ނުވަނުމަށް އިންޒާރު ދިނީ ދަރިފުޅު ކުއްޔަށް ހިފައިގެން ގެނުވި ގުންޑާއިންތަކެއް ކަމަށެވެ.

އޭނާ ބުނީ މިއުމުރުގައި އެހައިވަރަށް އަނިޔާވެރިވުމަށްވުރެ މަރައިލި ނަމަވެސް މާއުފާވާނެ ކަމަށެވެ.

ފުލުހުން ބުނީ ބައެއް ޒުވާނުން މިފަދަ ނޭދެވޭ އަމަލުތައް ކުރާކަމަށެވެ. ނަމަވެސް އުމުރުން 50 އަހަރުވެ ބުއްދި ފުރިހަމަވެފައި ހުރި އަދި އަމިއްލަ ޢާއިލާ އަކާއިއެކު މައި މީހާގެ ގޭގައި ދިރިއުޅޭ ފިރިހެނަކު މިއީ ވަރަށް ނުކުރާނެ ކަމެއް ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ ދަރިފުޅުގެ މައްޗަށް ގިނަ ކުށްތަކެއް ސާބިތުކުރެވޭނެ ކަމަށެވެ. އެއިގެ ތެރޭގައި އަނިޔާވެރިވުމާއި ގުންޑާއިން ކުއްޔަށް ހިފައި އަނިޔާވެރި އަމަލުތައް ހިންގުވުމާއި މީހަކު ގަދަކަމުން އެމީހާގެ ގެއިން ނެރުން ފަދަ ކުށްތައް ހިމެނޭ ކަމަށެވެ.

މިކަން ކުރި ޕްރޯބަލް އަޗްރޔާ މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ.
މިއަދު އޮންލައިން