ތުރުކީގައި އިއްޔެ ކުރިއަށް ގެންދިއަ ކައިވެނީގެ ހަފްލާއަށް ޖާނުން ފިދާވެގެން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 51 އަށް އަރައިފައެވެ. އަދި 94 މީހަކު ވަނީ ޒަޚަމްވެފައެވެ.
ފުލުހުން ބުނީ މިހަމަލާ ދިނުމަށް އައިއެސް އިން ބޭނުންކޮށްފައިވަނީ 12 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ. ހަނގުރާމެވެރި ޖަމާއަތްތަކުން ވިސްނައިދެމުން ގެންދަނީ މިފަދަ ހަމަލާތައް ޖާނުން ފިދާވެގެން ދިއުމަކީ ދިރިހުއްޓައި ސުވަރުގެ ދެވޭ ކަމެއް ކަމަށެވެ. އެހެންކަމުން އިއްޔެގަ ހާދިސާގައި "ސުވަރުގެ ފޮނުވާލާފައި"އެވަނީ 12 އަހަރުގެ ކުއްޖެކެވެ.
ތުރުކީގެ ރައީސް އުރްދްޤާން ވިދާޅުވީ ކުޑަކުދިން ބޭނުންކުރަނީ އައިއެސްގެ މަޅީގައި ޖެހެން ބޭނުންވާ ޒުވާނުންގެ އަދަދުވެސް މަދުވަމުން އަންނަތީ ކަމަށެވެ. "އެހެން ނޫން ނަމަ 12 އަހަރާ 14 އަހަރާ ދެމެދުގެ ކުޑަކުދިންނަކަށް އެފަދަ ދެރައެއް ނުދޭނެ."
ހަނގުރާމަވެރި ޖަމާއަތްތަކުން އަންހެނުންނާއި ކުޑަކުދިން ބޭނުންކޮށްގެން ނުރައްކާތެރި ހަމަލާރައް ދެމުން ގެންދިއުން ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.