ޙައްޖަށް ދިއުމަށް ޖަހަންޖެހޭ ވިސާފީގެ އަގު ސައުދީ ސަރުކާރުން ބޮޑުނުކުރާތާ 52 އަހަރުވެއްޖެއެވެ.
ސައުދީ ސަރުކާރުން ވިސާ ފީއެއްގެ ގޮތުގައި 214 ސައުދީ ރިޔާލަ ކަނޑައެޅީ ހިޖުރައިން 1385 ވަނައަހަރުއެވެ. އެއަހަރު ސައުދީ ރަސްގެފާނުގެ ގަނޑުވަރުން ނެރެފައިވާ ރިޔާސީ އަމުރުފުޅުގައި ވަނީ ވިސާފީގެ އަގު އެއަށްވުރެ ބޮޑު ނުކުރުމަށް އަމުރުފުޅު ކުރައްވައިފައެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާމީހުންނަށް ސައުދީ ސަރުކާރުން ސީދާ ކުރާ ޚަރަދު މިހާރު ވަނީ މީހަކަށް 1050 ރިޔާލައަށް އަރައިފައެވެ. އެއީ މިހާރު ނަގާ ވިސާގެ އަގަށް ބަަލއިފި ނަމަ 5 ގުނަ އިތުރު އަދަދެކެވެ.
ސައުދީގައި ހައްޖުވެރިންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިވަމުން އަންނާތީ އެކަންކަމުގެ އަގުތައް އަންނަނީ ބަދަލުވަމުންނެވެ. ނަމަވެސް ވިސާގެ އަގު ބޮޑުކޮށްފައެއް ނުވެއެވެ. އެހެންކަމުން މިކަން އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް ސައުދީ ސަރުކާރުން ވަނީ އެދިފައެވެ.