އިރާޤްގައި ހުންނަވާ ސައުދީ ސަފީރަށް ހަމަލާދޭން މަސައްކަތްކުރި މައްސަލައެއް އިރާޤްގެ ބައެއް ނޫސްތަކުން ފެންމަތިކޮށްފިއެވެ.
ސަފީރަށް ހަމަލާދީ އަވަހާރަކޮށްލަން ރާވާފައިވަނީ ސަފީރު ޘާމިރް އަލްސަބްހާން ކާރުކޮޅުގައި ވަޑައިގަންނަވަނިކޮށް އާރުޕީޖޭ މިސައިލުން ހަމަލާދީގެންނެވެ.
ނޫސްތަކުން ހާމަކުރި ގޮތުގައި މިހަމަލާ ދިނުމަށް ރާވާފައިވަނީ ޝިއީންގެ ހަނގުރާމަވެރި ޖަމާއަތަކުންނެވެ. އަދި ހަމަލާ ދިނުމަށް އީރާނުގެ ސިއްރު ފަރާތެއްގެ އެހީތެރިކަން ހޯދާފައިވާ ކަމަށްވެސް ނޫސްތަކުގައި ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިންވެސް ވަނީ ސައުދީ ސަފީރަށް ހަމަލާދޭން އުޅުނުކަމުގެ 3 މައްސަލައެއް ފެންމަތިވެފައެވެ.
ސައުދީ ޚާރިޖިއްޔާއިން ބުނީ އީރާނު އަޑީގައި އޮވެގެން މިފަދަ ބިރުވެރި ހަމަލާތައް ރާވަމުން ގެންދިއަ ނަމަވެސް އިރާޤްގެ ރައްޔިތުންނަށް ސައުދީ ސަރުކާރުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ހުއްޓުވުމެއް ނުގެނުވޭނެ ކަމަށެވެ.