އިންޑީއާގަ ފެން ބޮޑުވެ މަރުވި މީހުންގެ އަދަދު 40 އަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އިންޑީއާގަ ފެން ބޮޑުވެ މަރުވި މީހުންގެ އަދަދު 40 އަށް
އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިންޑިއާގެ މެދުތެރެއާއި އިރުމަތީ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ.

ޚަބަރު ލިބޭ ގޮތުން ފެން ބޮޑުވީ ފާއިތުވި 48 ގަޑިއިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގަންގާ ކޯރުގެ ފެންގަނޑު އުފުލި ބޭރުވާން ފެށުމުންނެވެ. ކޯރާއި ގުޅިފައިވާ 20 ސަރަހައްދެއްގައި މިހާރު ވަނީ ފެންބޮޑުވެފައެވެ.

ފެން ބޮޑުވުމާއި ގުޅިގެން 16،000 އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތީ ސަރަހައްދުތަކަށް މިހާރުވެސް ގެންގޮސްފައެވެ.

ގަންގާ ކޯރަކީ ގިނަ ސްޓޭޓް ތަކަކާއި ގުޅިފައިވާ ކޯރަކަށްވާތީ ގަންގާ ކޯރުގައި ފެންގަނޑު ބޮޑުވުމަކީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި އަބަދުވެސް ބެލެވެއެވެ. ސަރުކާރުން ގެންދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންނެވެ.
މިއަދު އޮންލައިން