ސައުދީގެ ގެއެއްގަ ރޯވެ ފިލިޕިންސްގެ 6 މީހުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ސައުދީގެ ގެއެއްގަ ރޯވެ ފިލިޕިންސްގެ 6 މީހުން މަރުވެއްޖެ
ސައުދިއަރަބިޔާގެ ގެއެއްގައި އަލިފާން ރޯވެ ގޭގައި ދިރިއުޅެމުން ދިއަ ފިލިޕިންސްގެ 6 މީހުން މަރުވެއްޖެއެވެ.

ފިލިޕިންސް އެމްބަސީން ބުނީ މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި އޭނާގެ 6 މަހުގެ ތުއްތު ދަރިފުޅާއި ފިރިމީހާ ވެސް ހިމެނޭ ކަމަށެވެ.

އެގެއަކީ ފިލިޕިންސްގެ 3 ޢާއިލާއަކުން ދިރިއުޅެމުން އައި ގެއެކެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 6:00 ހައިއިރުއެވެ. ބެލެވޭގޮތުން އަލިފާން ރޯވީ ކަރަންޓުގެ މައްސަލައެއްގައެވެ.

ގޭގައި އުޅުނު މީހުންގެ ތެރެއިން ސަލާމަތްވީ ފަތިހު ތެދުވެ މަސައްކަތަށް ދިއަ މީހަކު އެކަންޏެވެ.
މިއަދު އޮންލައިން