އެންމެބޮޑު އެއް ޓެރަރިސްޓު ތައުބާވެ އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަށް ގޮވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެންމެބޮޑު އެއް ޓެރަރިސްޓު ތައުބާވެ އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަށް ގޮވާލައިފި
2012 ވަނަ އަހަރު ނައިޖަރުގެ ޓިމްބުކުގެ މިސްކިތްތަކަށް ހަމަލާދީ ގިނަ ބައަކު މެރުމުގައި ބައިވެރިވި ދުނިޔޭގެ އެންމެބޮޑު އެއް ޓެރަރިސްޓުންގެ ތެރޭގައި ހިމެނޭ ޓެރަރިސްޓަކު ތައުބާވެ އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަށް ގޮވާލައިފިއެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް އަހްމަދު އަލްފަޤީ އަލްމަހްދީ މިއަދު ހާޒިރުކުރުމުން އޭނާ ކޯޓުގައި ބުނީ ޝަރީއަތް ދިގުކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި އޭނާއަށް ކުރެވިފައިވާ ކުށްތަކުގެ ބޮޑުކަން މިހާރު ވިސްނިއްޖެ ކަމަށެވެ. އަދި އެކަމަށް ދީން ކޮންމެ އަދަބެއް ބަލައިގަންނަން ތައްޔާރަށް ހުރި ކަމަށެވެ.

މަހްދީ ބުނީ އޭނާއަށް ކަންކަން ކުރެވުނީ ޓެރަރިސްޓް ޖަމާއަތްތަކުން ދައްކާ ވާހަކަ އަޑު އަހައި ގަބޫލުކުރެވިގެން ކަމަށެވެ. އަދި އެއީ ހިންގުނު ވަރަށް ބޮޑެތި ޖަރީމާތަކެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ. "އަހަރެން ހުރިހައި މުސްލިމުންގެ ކިބައިން މިއަދެނީ އެއްވެސް ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރި ނުވުމަށް. އެމީހުންގެ އަޑު ނުއެހުމަށް. އަޑު އަހައިފިނަމަ ބޯ ކާލާނެ. ސިކުނޑި ދޮވެލާނެ."

މަހްދީ ބުނީ އޭނާ ހަމައެކަނި ބޭނުންވަނީ މަރުވި މީހުންނާއި އެމީހުންގެ ޢާއިލާތަކުގެ ކިބައިން މަޢާފަށް އެދެން ކަމަށެވެ. އަދި ފުރުޞަތު ލިބިއްޖެ ނަމަ އެމީހުންގެ އަޅެއްގެ ގޮތުގައި އިޚްލާޞްތެރިކަމާއިއެކު ދެމިހުންނަން ތައްޔާރަށް ހުރި ކަމަށެވެ.

އުމުރުން 40 އަހަރުގެ މަހްދީއަކީ ޓެރަރިޒަމުގެ ބޮޑު ރެކޯޑް އޮންނަ މީހެކެވެ. މާލީގައި ހިންގި ޓެރަރިސްޓު އަމަލުތަކުގައިވެސް ބައިވެރިވި މީހެކެވެ.
މަހްދީ ވަނީ މުސްލިމުންގެ އެންމެ ދުވަސްވީ ބައެއް މިސްކިތްތަކަށްވެސް ހަމަލާ ދީފައެވެ.
މިއަދު އޮންލައިން