40 ވަޅި ދިރުވާލައިގެން ހުރި ފުލުހެއްގެ ބަނޑުން ވަޅިތައް ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
40 ވަޅި ދިރުވާލައިގެން ހުރި ފުލުހެއްގެ ބަނޑުން ވަޅިތައް ނަގައިފި
40 ވަޅި ދިރުވާލައިގެން ހުރި އުތުރު އިންޑިއާ ފުލުހެއްގެ ބަނޑު އޮޕަރޭޝަންކޮށްގެން ވަޅިތައް ނަގައިފިއެވެ. މިމީހާ މިވަޅިތައް ދިރުވާލާފައިވަނީ 2 މަސް ދުވަހުގެތެރޭގައެވެ.

ޕަންޖާބުގެ ހޮސްޕިޓަލެއްގައި ހުކުރު ދުވަހު ކުރި މި އޮޕރޭޝަން ކާމިޔާބުކަމަށާއި އޭނާގެ ޙާލު އަންނަނީ ރަނގަޅުވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ ދިރުވާލާފައިވަޅިތަކުގެ ތެރޭގައި ތިލަ މަޅާލާފައިވާ ވަޅިތަކާއި 7 އިންޗި ހުރި ވަޅިވެސް ހިމެނެއެވެ. އޮޕަރޭޝަނުގައި އެހީތެރިވި ޑރ. ޖަތިންދަރު ބުނީ އޭނާ ޑޮކްޓަރަށް ދެއްކީ ބަނޑުގައި ރިއްސާތީ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނަށްފަހު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.

ޕަންޖާބްގެ އަމްރިތްސާރު ގައި ހުންނަ ކޯޕޮރޭޓް ހޮސްޕިޓަލުގައި ކްރިޓިކަލް ކެޔަރ ދާއިރާއިން މަސައްކަތްކުރަމުން އަންނަ ޑރ. ޖަތިންދަރު ބުނީ އޭނާގެ ޚިދުމަތުގެ 20 އަހަތެރޭގައި މިހައި ގިނަ ވަޅި ދިރުވާލައިގެންހުރި މީހަކު ފެނިފައި ނުވާކަމަށެވެ. އަދި އެ ހޮސްޠަލުގެ ތާރީޚުގައިވެސް އެ ފަދަ ކަމެއް ހިނގިކަމުގެ ރެކޯޑް ފެންނަން ނެތް ކަމަށެވެ.

"އަހަރެމެން ހެދި އެންޑޮސްކޮޕީއަކުން ފެނުނީ ޓިޔުމަރެއް ކަހަލަ ތަނެއް. އަހަރެމެންނަކަށް ނުވެސް އެނގޭ އެއީ ވަޅިތަކެއް ކަމެއް. ފުރަތަމަ ކުރި އޮޕަރޭޝަނުގައި ނެގީ 28 ވަޅި. ފަހުން ހެދި ޓެސްޓްތަކަށްފަހު ކުރި ދެވަނަ އޮޕަރޭޝަނެއްގައި އިތުރު 12 ވަޅި ނެގީ. މިއީ އަޖައިބެއް ފަދަ ކަމެއް."

އޮޕަރޭޝަނަށްފަހު އެމީހާ ވަޅި ފެނުނަސް ބިރުގަނެއެވެ. އޭނާއަށް މޭވާއެއް ފަދަ އެއްޗެއް ކޮށަންޖެހުނު ނަމަވެސް އަންހެނުންނަށް އަންގަނީ ވަޅި ހިފައިގެން ކޮޓަރިން ބޭރަށް ނުކުތުމަށެވެ.

މިމީހާ ވަޅިތައް ދިރުވައިލި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
މިއަދު އޮންލައިން