ޑިކްޓޭޓަރު މާކޯސްގެ ހަށިގަނޑު ޤައުމީ ބަތޮލުން ވަޅުލާ ސަހަރާގަ ވަޅުލުން ސްޕްރީމް ކޯޓުން ހުއްޓުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޑިކްޓޭޓަރު މާކޯސްގެ ހަށިގަނޑު ޤައުމީ ބަތޮލުން ވަޅުލާ ސަހަރާގަ ވަޅުލުން ސްޕްރީމް ކޯޓުން ހުއްޓުވައިފި
ފިލިޕިންސްގައި ރައީސްކަންކުރި ޑިކްޓޭޓަރު މާކޯސްގެ ހަށިގަނޑު ވަޅުލާފައިވާ ތަނުން ނަގައިގެން ގެނެސް ޤައުމީ ބަޠޮލުން ވަޅުލާ ސަހަރާގައި ވަޅުލަން މިހާރުގެ ރައީސް މަސައްކަތް ކުރުމުން ސްޕްރީމް ކޯޓުން އެކަން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.

ކޯޓުން ބުނީ އެކަމުގައި ގޮތެއް ނިންމާނީ ހުރިހައި ފަރާތެއްގެ އަޑު އެހުމަށްފަހުގައި ކަމަށެވެ.

އެކަމާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި ސިޔާސީ ލީޑަރުންނާއި އަދި މިހާރުގެ ނައިބް ރައީސް ވެސް ވަނީ ދެކޮޅު ހަދައިފައެވެ. އެ އެންމެންވެސް ބުނަނީ އެތައް ހާސް ބައަކު މަރައި 10 ބިލިއަނަށްވުރެ ގިނަ ޑޮލަރު ވަގަށް ނަގައި ޤައުމުގައި އެތައް އަހަރެއް ވަންދެން ޚުދުމުޚުތާރު ވެރިކަމެއް ކުރި ޑިކްޓޭޓަރަކު އެ ސަހަރާގައި ވަޅުލެވިގެން ނުވާނެ ކަމަށެވެ.

މާކޯސް މަރުވީ އެމެރިކާގެ ހަވާއީގައި 1989 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ވަޅުލާފައިވަނީ 1993 ވަނަ އަހަރު "މާކޯސް ޕްރެޒިޑެންޝަލް ސެންޓަރު"ގައެވެ.

1965 ވަނަ އަހަރު ވެރިކަމަށް އެރި ޑިކްޓޭޓަރު މާކޯސް ވެރިކަމުން ބޭލީ ޤައުމުގެ ރައްޔިތުން ނުކުމެ 1986 ވަނަ އަހަރުއެވެ. 21 އަހަރުގެ އަނިޔާވެރި ވެރިކަމަކަށްފަގު އެވެ.
މިއަދު އޮންލައިން