ޖުލައިމަހުން ފެށިގެން 1900 މީހުން ޑްރަގު މައްސަލަތަކުގަ ފިލިޕިންސްގަ މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޖުލައިމަހުން ފެށިގެން 1900 މީހުން ޑްރަގު މައްސަލަތަކުގަ ފިލިޕިންސްގަ މަރާލައިފި
މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިހައިތަނަށް ޑްރަގުގެ މައްސަލަތަކުގައި ފިލިޕިންސްގައި 1900 އަށްވުރެ ގިނަ މީހުން މަރާލައިފިއެވެ.

ފުލުހުންގެ އިސްވެރިޔާ ރޮނާލްޑް ޑެލާ ވިދާޅުވީ މީގެ ތެރެއިން 750 މީހުން މަރާލެވިފައިވަނީ ބޯޑަރުތަކުން ޑްރަގު އެރެކުރަން އުޅުނު މީހުން ހުއްޓުވުމަށް ހިންގި އޮޕަރޭޝަންތަކުގައި ކަމަށެވެ. އަދި އިތުރު 1100 މީހުން މަރާލެވިފައިވާ ސަބަބު ބެލުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

ރޮނާލްޑް ވިދާޅުވީ ފުލުހުންނަކީ މީހުން ކަތިލާ "ބުޗަރުން" ނޫން ކަމަށެވެ. އަދި ޑްރަގް ބޭނުންކުރާ މީހުން ނުމަރާ ކަމަށެވެ.

ޑްރަގުން ފިލިޕިންސް ސަލާމަތް ކުރުމަށް ފިލިޕިންސްގެ މިހާރުގެ ރައީސް ފަށްޓަވައިފައިވާ ޚާއްޞަ މަސައްކަތްޕުޅުތަކުގެ ސަބަބުން އެމެރިކާ މިހާރު ވަނީ ރުޅިގަދަވެފައެވެ. ގިނަ ބައަކު މަރަމުން ގެންދާތީ އެމެރިކާއިން ވަނީ ސުވާލުކޮށްފައެވެ.

ީ"ޑްރަގުގެ ވަބާ ޢާންމުވެގެން ލިބެމުން އަންނަ ގެއްލުމަށް އެމެރިކާ އިން ނިކަން ކަންބޮޑުވެ ބަދަލުދީބަލަ" ޖަވާބުގައި ފިލިޕިންސްގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.
މިއަދު އޮންލައިން