އިޓަލީއަށް އައި ބާރު ގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 120 އަށް އަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އިޓަލީއަށް އައި ބާރު ގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 120 އަށް އަރައިފި
އިޓަލީއަށް ރޭ ފަތިހު އައި ބާރު ގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 120 އަށް އަރައިފިއެވެ. ޒަހަމްވި މީހުންގެ އަދަދު ވަނީ 400 އަށްވުރެ އިތުރުވެފައެވެ.

ރެކްޓަރ މިންގަނޑުން 6.2 ގައި މެދުތެރޭ އިޓަލީގެ ސަރަހައްދުތަކަށް ރޭ އައިމި ބިން ހެލުމުގައި ގިނަ އަދަދެއްގެ ގެދޮރާއި އިމާރާތްތައް ވަނީ ވެށްޓިފައެވެ. އަދި ގިނަ އަދަދެއްގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ވެށްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް ގެންދަނީ ކުރަމުންނެވެ. މި ބިންހެލުމަށްގަހު އެކި ބާރު މިނުގައި 39 ލޮޅުން އެރިކަމަށް ބެލެވެއެވެ.

މި ބިންހެލުމުގައި އިޓަލީގެ އެންމެ ރީތި އެއް ރަށް ކަމަށްވާ މާރިއާ ޖިއާއްނި ވަނީ އެކުގައިހެން ފުނޑުފުނޑުވެފައެވެ. ޖެހިގެން އޮތް ބައެއް ސަރަހައްދުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މިއަދު އޮންލައިން