އޮސްޓްރޭލިއާއަށް ގޮސްހުރި ފަރަންސޭސިއަކު އިނގިރޭސި އަންހެނަކު މަރާލައި އިތުރު ދެ މީހުން ޒަޚަމް ކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އޮސްޓްރޭލިއާއަށް ގޮސްހުރި ފަރަންސޭސިއަކު އިނގިރޭސި އަންހެނަކު މަރާލައި އިތުރު ދެ މީހުން ޒަޚަމް ކޮށްލައިފި
އޮސްޓްރޭލިއާއަށް ގޮސްހުރި ފަރަންސޭސިއަކު އިނގިރޭސި އަންހެނަކަށް ވަޅިން ހަމަލާދީ މަރާލައި އިތުރު ދެ މީހުން ޒަޚަމް ކޮށްލައިފއެވެ.

ފުލުހުން ބުނީ އެމީހާ އަކީ ފަތުރުވެރިއެއްގެ ގޮތުގައި އޮސްޓްރޭލިއާއަށް ގޮސްހުރި 29 އަހަރުގެ ޒުވާނެއް ކަމަށެވެ. އޭނާ އެކަން ކުރީ ކޮން މަޤްޞަދެއްގައިކަން ނުއެނގޭ ކަމަށާއި ހަމައެކަނި އެނގޭ ކަމަކީ ހަމަލާދިނީ "ﷲ އަކްބަރު" ކިޔަމުން ކަމަށެވެ.

ފަރަންސޭސި މީހާ އަކީ ޓެރަރިސްޓް ޖަމާއަތަކާއި އެއްވެސް ގުޅުމެއް ހުރި މީހެއްކަމަށް ބެލެވެން ނެތް ކަމަށްވެސް ފުލުހުން ބުނެއެވެ.

އޮސްޓްރޭލިއާ އަކީ އިސްލާމް ދީނާ ދެކޮޅަށް އެންމެ ވަރުފަދައަށް ފިޔަވަޅުތައް އަޅަމުން އަންނަ އެއް ޤައުމެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކު ދަނީ އިސްލާމްވަމުންނެވެ.

2014 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގައި "ޖިހާދީ" ހަރަކާތްތައްވެސް ދަނީ އިތުރުވަމުންނެވެ. 100 އަށްވުރެ ގިނަ މީހުން ވަނީ ޖިހާދުކުރުމަށް ސީރިޔާއަށްވެސް ގޮސްފައެވެ.
މިއަދު އޮންލައިން