ސިންގަޕޫރުގަ ޒިކާ ވައިރަސް ފެތުރެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ސިންގަޕޫރުގަ ޒިކާ ވައިރަސް ފެތުރެނީ
ސިންގަޕޫރުގައި ޒިކާ ވައިރަސް ފެތުރެން ފަށައި މިހައިތަނަށް 41 މީހަކަށް މިބަލި ޖެހިފައިވާކަން ހެލްތް މިނިސްޓްރީން ކަށަވަރުކޮށްދީފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ މިބަލި ގިނައިން ފެންނަމުން އަންނަނީ ބިދޭސީ މަސައްކަތު މީހުން ދިއިރިއުޅޭ ސަހައްދުތަކުން ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ މިބަލި ޖެހުނު މީހުންގެތެރެއިން 7 މީހަކު ގަދަވެއްޖެ ކަމަށާއި 7 މީހަކު އަދިވެސް ތިބީ ހޮސްޕިޓަލުތަކުގައި ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ މިވައިރަސް ސިންގަޕޫރަށް އެތެރެވަމުން އަންނަނީ އަވަށްޓެރި ޤައުމުތަކުން ކަމަށެވެ. ޒިކާ ވައިރަސްގެ ސަބަބުން ޖެހޭ ބަލި ވެފައިވަނީ މަދިރީގެ ސަބަބުން ޖެހޭ ވަރަށް ނުރައްކައުތެރި ބައްޔަކަށެވެ.
މިއަދު އޮންލައިން