މަސްތުވެގެން ތިބި 2 ޕައިލެޓުން ބަންދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
މަސްތުވެގެން ތިބި 2 ޕައިލެޓުން ބަންދުކޮށްފި
މަސްތުވެގެން ތިބި 2 ޕައިލެޓުން އިނގިރޭސިވިލާތުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. 2 ޕައިލެޓުން ހައްޔަރުކުރީ އިއްޔެ ހެނދުނު އިނގިރޭސިވިލާތުން އެމެރިކާއަށް ފުރަން ހަމަޖެހިފައި އޮތް ޔުނައިޓެޑް އެއާލައިން ދުއްވަން އެއާޕޯޓަށް އައިއިރު އެމީހުންގެ ތިބި ހާލަތަށް ބަލައެވެ.

141 ފަސިންޖަރުންނާއިއެކު ފުރަން ހަމަޖެހިފައި އޮތް ފްލައިޓުން ދެ ޕައިލެޓުން ބެއިލުމަށްފަހު އިތުރު ޕައިލެޓުންގެ އެހީގައި ފްލައިޓް ވަނީ ފުރުވާލައިފައެވެ.

މަސްތުވެގެން ތިބެ އުދުހެނިކޮށް ލިބިދާނެ ގެއްލުމަކުން ފަސިންޖަރުންނާއި ފްލައިޓް ސަލާމަތްކުރުމަށްޓަކައި މަސްތުވެގެން ތިބެ އުދުހުމަކީ ބައިނަލްއަޤްވާމީ ސިވިލްއެވިއޭޝންގެ ޤާނޫނުތަކުގައި ޕައިލެޓުންނަށާއި އަދި ފަޅުވެރިންނަށްވެސް މަނާކަމެކެވެ.

ޔުނައިޓެޑް އެއާލައިނުން ބުނީ 2 ޕައިލެޓުން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށެވެ. އެމީހުންނާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އަލާނެ ކަމަށެވެ.
މިއަދު އޮންލައިން