ޝައިޚް މުޙައްމަދު ބިން ރާޝިދު ކުއްލި ގޮތަކަށް ވުޒާރާތަކަށް ވަޑައިގެން ޚިދުމަތްދޭ ފެންވަރު ބައްލަވަން ފަށްޓަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޝައިޚް މުޙައްމަދު ބިން ރާޝިދު ކުއްލި ގޮތަކަށް ވުޒާރާތަކަށް ވަޑައިގެން ޚިދުމަތްދޭ ފެންވަރު ބައްލަވަން ފަށްޓަވައިފި
އެކުވެރި އަރަބި އިމަރާތުގެ ނައިބް ރައީސް އަދި ބޮޑުވަޒީރު، ދުބާއީގެ ރަސްގެފާނު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްޠޫމް ކުއްލި ގޮތަކަށް ވުޒާރާތަކަށް ވަޑައިގެން ޚިދުމަތްދޭ ފެންވަރު ބައްލަވަން ފަށްޓަވައިފި އެވެ.

އެމަނިކުފާނު މިއަދު ވަނީ ކުރިން އެންގެވުމަކާއި ނުލައި ބައެއް ވުޒާރާތަކަށް ވަޑައިގެން އަމިއްލަ ފުޅަށް ޚިދުމަތްދޭ ކައުންޓަރުތަކުގައި މަޑުކުރެއްވުމުގެ އިތުރުން ބައެއް ޑިޕާޓްމަންޓްތަކުގައި ވެސް މަޑުކުރައްވައިފައެވެ.

ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްޠޫމް ވަނީ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ވީހައި އަވަހަކަށް ޚިދުމަތް ދިނުމަށް އޮފީސްތަކަށް އަންގަވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެއްކަމެއްގައި ގިނަ ފަހަރު ވުޒާރާތަކަށް ދާން ނުޖެހޭނެ ގޮތަށް ޚިދުމަތް ދިނުން އިންތިޒާމުކުރަންވެސް އަންގަވައިފައެވެ.

މިމޭރުމުން އަންގަވާފައިވީ ނަމަވެސް ވުޒާރާތަކަށް އަމިއްލަފުޅަށް ވަޑައިގެން މިމޭރުމުން ކަންކަން ބައްލަވައިފާނެ ކަމަށް އެއްވެސް ވުޒާރާއަކުން ވިސްނާފައި ނެތްކަމަށް ޚަބަރުތައް ބުނެއެވެ.
މިއަދު އޮންލައިން