މައްކާގެ އިމާރާތްތަކުގެ ކުލި 60 އިންސައްތަ ދަށަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މައްކާގެ އިމާރާތްތަކުގެ ކުލި 60 އިންސައްތަ ދަށަށް
ޙައްޖަށްދާ މީހުންގެ އަދަދު މަދުވުމާއި އަލަށް އަޅާ އިމާރާތްތައް އިތުރުވުމުގެ ސަބަބުން މިއަހަރުގެ ޙައްޖު މޫސުމުގައި މައްކާގެ އިމާރާތްތަކުގެ ކުލި 60 އިންސައްތަ ދަށްވެއްޖެއެވެ.

އަރަބި ބައެއް ނޫސްތަކުން ބުނެފައިވަނީ މިދިއަ އަހަރު 10،000 އަށް ކުއްޔަށްދިން ބައެއް ތަންތަނުގެ ކުލި މިއަހަރު ހުރީ 2،000 ރިޔާލައަށް ކަމަށެވެ. މައުލޫމާތު ދިން ބައެއް އިންވެސްޓަރުން ބުނެފައިވަނީ މިދިއަ އަހަރު 3،000 ރިޔާލައަށް ކުއްޔަށްދިން ބައެއް ތަންތަން މިއަހަރު ދީފައިވަނީ 750 ރިޔާލައަށް ކަމަށެވެ.

ބައެއް އިންވެސްޓަރުން ބުނެފައިވަނީ މީގެ 3 އަހަރު ކުރިން ހައްޖު މޫސުމަށް 3،000 ރިޔާލައަށް ވިއްކި އެނދެއް މިއަހަރު ވިއްކީ 600 ރިޔާލައަށް ކަމަށެވެ.

މިމައްސަލަ ކުރިމަތިވެފައި މިވަނީ އިމާރާތްތައް އިތުރުވި ނިޞްބަތުން ހައްޖު ކޯޓާ އިތުރުނުވުމުންނެވެ. އަދި ޙައްޖު މޫސުމުގައި ލިބޭ ގެއްލުން އުމުރާގެ ދުވަސްވަރު ފޫ ބެދޭނެ ކަމަށްވެސް އިންވެސްޓަރުން އުންމީދު ކުރެއެވެ.

ކޯޓާ ލިބޭނަމަ ޙައްޖަށް ދާނެ އެތައް މިލިއަން ބައަކު އެބަތިއްބެވެ. ސައުދީ ސަރުކާރުން ހައްޖު ކޯޓާ ދޫކުރަނީ ހަރަމްފުޅު އަރިއަހަށް އެއްވެވޭނެ ޖާގަ އޮންނަ ނިޞްބަތުންނެވެ.
މިއަދު އޮންލައިން