ސަލްމާން ރަސްގެފާނު، 1،400 މީހުންނަށް ޙައްޖަށް ދައުވަތު ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ސަލްމާން ރަސްގެފާނު، 1،400 މީހުންނަށް ޙައްޖަށް ދައުވަތު ދެއްވައިފި
ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މިއަހަރު ޙައްޖުވުމަށް 1،400 މީހުންނަށް ދައުވަތު ދެއްވައިފިއެވެ.

ރަސްގެފާނުގެ ގަނޑވަރުން މިކަމަށް ނެރުއްވި އަމުރުފުޅުގައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 ޤައުމެއްގެ 1،400 މީހުން، ރަސްގެފާނުގެ ޚާއްޞަ މެހްމާނުންގެ ގޮތުގައި މިއަހަރު ހައްޖަށް ގެނައުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީއަށް އަމުރުފުޅު ކުރައްވައިފައެވެ.

ކޮންމެއަހަރަކުވެސް ރަސްގެފާނު ކަނޑައަޅުއްވާ އަދަދަކަށް އެކި ޤައުމުތަކުގެ މީހުންނަށް ޙައްޖުވުމުގެ ދައުވަތު ދެއްވައެވެ. މިޕްރޮގްރާމުގެދަށުން މިހައިތަނަށް ވަނީ 24،000 މީހުންނަށް ހައްޖުވުމުގެ ފުރުޞަތު ދެއްވައިފައެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ފަހު ދިހައިގައި އުމުރާވުމަށްވެސް ގިނަ ބައަކަށް ސަލްމާން ރަސްގެފާނު ވަނީ ދައުވަތު ދެއްވައިފައެވެ. އަދި އެމީހުންނާއިއެކު އެމަނިކުފާނު ފަހު ދިހައިގެ ދުވަސްތައް ވެސް ހޭދަކުރައްވައިފައެވެ.
މިއަދު އޮންލައިން