އަނބިމީހާގެ ގަބުރު ގެންދަން، އުޅަނދަކަށް ދޭނެ ފައިސާ ނެތުމުން ގަބުރު ކޮނޑަށް ލައިގެން 10 ކިލޯމީޓަރަށް ހިނގައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިޔުދިއްލީގައި މިހާދިސާ ހިނގަން މެދުވެރިވީ ޓީބީ ބަލީގައި މިދިއަ އަންގާރަ ވިލޭރޭ އަނބިމީހާ މަރުވުމުން ހަށިގަނޑު ހޮސްޕިޓަލުން ގެންދަން ފިިރިމީހާއަށް އެންގުމުންނެވެ.
ފިރިމީހާ ބުނީ އެއިރު އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށާއި ޓެކްސީއަށް ދޭނެ ފައިސާ ލިބޭނެ ގޮތްވެސް ނުވީ ކަމަށެވެ. "އެހެންވެ ކޮނޑަށް ލައިގެން ދިއައީ. ވަރުބަލިވީމާ ބާއްވަނީ. ވަރުބަލި ފިލީމާ ނަގައިގެން ހިނގީ. ހޮސްޕިޓަލުން ގެއަށް ދާން 10 ކިލޯ މީޓަރަށް ހިނގަންޖެހުނު."
މިކަން ހިނގަމުން ދިއައިރު 12 އަހަރުގެ އަންހެން ދަރިފުޅު ދިއައީ ރޮމުން ފަހަތުން ހިނގަމުންނެވެ.
މަންޒަރު ފެނުނު ނޫސްވެރިންގެ ބައަކު ވީޑިއޯ ކުރުމަށްފަހު މައުލޫމާތު އޮޅުން ފިލުވައި ހޮސްޕިޓަލާއި ސުވާލުކުރުމުން ހޮސްޕިޓަލުން ވަނީ އެކަން ހިނގި ގޮތް ނުއެނގޭ ކަމަށާއި ހަށިގަނޑު ގެންދަން ނުއަންގާ ކަމަށްބުނެ ޒިންމާއިން ބަރީއަވެފައެވެ.
ސަރުކާރުގެ އޮފިޝަލުން ބުނަމުން ދަނީ އެކަން ހިނގަން މެދުވެރިވި ސަބަބު ހޯދާނެ ކަމަށެވެ.