ސައުދިއަރަބިޔާގެ އަލްޖަޒަންގެ ޝޮޕިންގ މޯލެއްގައި ޢީދު ބާޒުކުރަމުން ދަނިކޮށް 5 އަހަރުގެ ކުޑަ ދަރިފުޅު 3 ވަނަ ބުރީގެ ޓެރަސް އިން ފުރޮޅާލައިގެން ވެށްޓި މަރުވެއްޖެއެވެ.
މިހާދިސާ ހިނގަން މެދުވެރިވީ ކުއްޖާގެ މަންމަ އާއި ބޮޑުބޭބެ ބާޒާރުކުރަން ދިން ސަމާލުކަމުގެ ބޮޑުކަމުން ދަރިފުޅާއިމެދި އިހްމާލުވެވުމުންނެވެ.
މަންޒަރު ފެނުނު ބައެއް މީހުންވަނީ ކުއްޖާ ސަލާމަތްކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް ތަޅުމުގައި ޖެހުމުގެ ކުރިން ހިފެހެއްޓޭނެ ގޮތް ނުވުމުން ކުއްޖާ ތަޅުމުގައި ޖެހުނީ އެންމެ ބާރުމިނުގައެވެ.
ކުއްޖާގެ މާމަ ބުނީ ގިނަ ވަގުތު އެމީހުން އުޅުނީ ކުއްޖާގެ އަތުގައި ހިފައިގެން ކަމަށާއި ނަމަވެސް އެކަން ހިނގަން މެދުވެރިވިވަގުތު އެންމެންނަށްވެސް ތިބެވުނީ ބޭނުންވާ ތަކެތި ގަތުމަށް ސަމާލުކަންދީގެން ކަމަށެވެ.
ކުއްޖާ ވެށްޓުމާއިއެކު ސެކިޔުރިޓީން ވަނީ ކުއްޖާ ނަގައިގެން އެންމެ ކައިރީގައި ހުރި ކްލިނިކަށް ކުއްލިޙާލަތުގައި ގެންގޮސްފައެވެ. ކްލިނިކުން ބުނީ ގެންދިއަ އިރުވެސް ކުއްޖާ ވަނީ މަރުވެފައި ކަމަށެވެ.