ރާއްޖޭގަ ހުނަރުހުރި މޮޅު ކުޅުންތެރިން އެބަތިބި: ރޮބަރޓޯ އަޔާލާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ރާއްޖޭގަ ހުނަރުހުރި މޮޅު ކުޅުންތެރިން އެބަތިބި: ރޮބަރޓޯ އަޔާލާ
ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހުނަރުހުރި މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި ކުރިއަށްދާން މަސައްކަތްކޮށްފި ނަމަ ރާއްޖެއަށް ރަނގަޅު ފުރުޞަތުތައް އެބަހުރި ކަމަށް އެފްއޭއެމްގެ ދައުވަތަކަށް ރާއްޖެ އައި އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮބަރޓޯ އަޔާލާ ބުނެފިއެވެ.

ޖުމެއިރާ ވިއްޓަވެލި ރިޒޯޓުން އިންތިޒާމުކޮށްގެން އަޔާލާގެ ޝަރަފުގައި މިއަދު ހަވީރު ކުޅުނު ފުޓްބޯޅަ މެޗަށްފަހު އަޔާލާ ބުނީ ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ވެސް ހުނަރު ހުރި އުންމީދީ ކުޅުންތެރިން ފެނިފައިވާ ކަމަށެވެ. އަދި އެކަމުން އެނެގެނީ ދިވެހި ފުޓްބޯޅައަށާއި ކުޅުންތެރިންނަށް ރަނގަޅު މުސްތަޤްބަލެއް އެބައޮތްކަން ކަމަށެވެ.

އަޔާލާ ބުނީ ރޭ ފެނުނު ކުޅުމަށް ބަލާއިރު ބުނެވެން އޮތީ ގަދައަޅައި މަސައްކަތްކޮށްފި ނަމަ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް ރަނގަޅު މުސްތަޤްބަލެއް އެބައޮތް ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން އެފްއޭއެމުން ގަދައަޅައި މަސައްކަތްކުރަން އަލުން ފެށި ވަގުތެއްގައި އަޔާލާ ފަދަ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއްގެ މި ބަސްތަކަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން