އައިއެސްގެ ތަރުޖަމާނު މަރާލުމުގެ ބަދަލު ހިފާނެކަމުގެ އިންޒާރު ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
އައިއެސްގެ ތަރުޖަމާނު މަރާލުމުގެ ބަދަލު ހިފާނެކަމުގެ އިންޒާރު ދީފި
އައިއެސްގެ ތަރުޖަމާނު، ކޮމާންޑަރު އަބޫ މުޙައްމަދު އަލްއަދްނާނީ މަރާލުމުގެ ބަދަލު ހިފާނެކަމުގެ އިންޒާރު އައިއެސް އިން ދީފިއެވެ.

އައިއެސްގެ މީޑިއާ އިން ބުނީ ހަލްބުގައި ކުރަމުންގެންދާ ހަނގުރާމައިގައި އަލްއަދްނާނީ "ޝަހީދު" ކޮށްލުމަކީ ބަދަލު ނުހިފައި ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ.

އަލްއަދްނާނީ އަކީ އައިއެސްގެ ތަރުޖަމާނުގެ ހައިޞިއްޔަތުން ޣައިރު މުސްލިމުންނަށް ހަމަލާ ދިނުމަށް ގޮވާލަމުން ގެންދާ މީހެކެވެ. އެގޮތުން މުސްލިމުންނާއިމެދު އަނިޔާވެރިވަމުންދާ ޤައުމުތަކުގައި ޣައިރު މުސްލިމުން ފެނުމުން އެމީހަކަށް މަރައިލެވުނު ގޮތަކަށް މަރައިލުމަށް އޭނާ ވަނީ އެތައް ފަހަރަކު ގޮވާލައިފައެވެ.
މިއަދު އޮންލައިން