ސައުދީގެ ގަދަ ހޫނަށް ހެލްތް މިނިސްޓްރީން ފުރިހަމައަށް ތައްޔާރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސައުދީގެ ގަދަ ހޫނަށް ހެލްތް މިނިސްޓްރީން ފުރިހަމައަށް ތައްޔާރު
މިދުވަސްވަރަކީ ސައުދީއަރަބިޔާގައި ހޫނުމިން ވަރަށް މައްޗަށް ގޮސްފައިވާ ދުވަސްވަރަކަށްވާތީ އެކަމުގެ ސަބަބުން ހައްޖުވެރިންނަށް ކުރިމަތިވެދާނެ މައްސަލަތަކުން ހައްޖުވެރިން ސަލާމަތް ކުރުމަށް ސައުދީ ހެލްތް މިނިސްޓްރީ ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

އެގޮތުން މައްކާ މަދީނާ، މިނާ މުޛްދަލިފާ އަދި އަރަފާތުގައި ޚާއްޞަ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. ގިނައިން މީހުން އެއްވާނެ ސަރަހައްދުގައި ހެލްތް ޕޯސްޓްތައް ވަނީ ޤާއިމުކޮށްފައެވެ. 24 ގަޑއިރު ޚިދުމަތް ދޭނެ އެތައް ސަތޭކަ އެމްބިޔުލޭސެއް ޑޮކްޓަރުންނާއި އާލާތާއި ބޭހާއިއެކު ދަނީ ދުއްވަމުންނެވެ.

ހެލްތް މިނިސްޓްރީން ބުނީ ހުރިހައި ހޮސްޕިޓަލްތަކުން ލިބެންހުރި ޚިދުމަތްތައްވެސް ވާނީ އެތައް ގުނައެއް އުތުރަށް ފުރިހަމަކޮށްފައި ކަމަށެވެ. ޞިއްޙީ ޚިދުމަތްތެރިންނާއި ވަސީލަތްތައްވެސް އިތުރުކޮށްފައި ވާނެ ކަމަށެވެ.

މައްކާގފައި ހޫނުމިން މިއަދު ހުރީ 38 ޑިގްރީގައެވެ. ނަމަވެސް ހައްޖު ދުވަސް އަންނައިރު މިއަށްވުރެ މަތިވެ 42 ޑިގްރީއަށް އަރާނެކަމަށް ވަނީ ބެލެވިފައެވެ. 42 އަށް އަރައިފިނަމަ ގިނަ ބައަކަށް މައްސަލަތައް ކުރިމަތިވާނެ އެވެ.

ޙައްޖުވެރިންނަށް ލިބެންޖެހޭ ޚިދުމަތެއް ނުލިބިއްޖެނަމަ އެ މައްސަލައެއް ސީދާ ރަސްގެފާނުގެ ގަނޑުވަރުން ބައްލަވައި އިހްމާލްވީ ފަރާތަކާއިމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ސައުދީ ރަސްގެފާނު ވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން