މުސާރަ ކުޑަކަމުންނާ ސަރުކާރުގެ އިޤްޠިޞަދީ ސިޔާސަތާ ދެކޮޅަށް 150 މިލިއަން މީހުން އިންޑިއާގެ މަގުތަކުގަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
މުސާރަ ކުޑަކަމުންނާ ސަރުކާރުގެ އިޤްޠިޞަދީ ސިޔާސަތާ ދެކޮޅަށް 150 މިލިއަން މީހުން އިންޑިއާގެ މަގުތަކުގަ
މުސާރަ ކުޑަކަމުންނާއި ސަރުކާރުގެ އިޤްޠިޞަދީ ސިޔާސަތާ ދެކޮޅަށް 150 މިލިއަން މީހުން އިންޑިއާގެ މަގުތަކުގައި މުޒާހަރާކުރަމުން އެބަ ގެންދެއެވެ.

24 ގަޑިއިރަށް ކުރިއަށް ގެންދާ މި މުޒާހަރާގައި ޕްރައިވެޓް ސެކްޓަރުގައި ހިމެނޭ ހުރިހައި ދާއިރާތަކެއްގެ މުވައްޒިފުން ދަނީ ބައިވެރިވަމުންނެވެ. ނަރުހުންނާއި ބޭންކުތަކުގެ މުވައްޒިފުން ފެށިގެން ކޯލް މަނިންގގެ މަސައްކަތްކުރާ އެންމެ އާދައިގެ މަސައްކަތު މީހުން ވެސް މީގެތެރޭގައި ހިމެނެއެވެ.

ބޮޑެތި 10 ލޭބަރ ޔޫނިއަނަކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުޒާހަރާގައި ގޮވާލަމުން ގެންދަނީ މިހާރުދޭ އެންމެ ކުޑަ މުސާރަކަމަށްވާ 6396 ރުޕީސް (95 ޑޮލަރު، 9،100 ރުޕީސް (136 ޑޮލަރު) އަށް ބޮޑުކޮށް ދިނުމަށެވެ.

ލޭބަރ ޔޫނިއަންތަކުން ބުނަމުން ގެންދަނީ އިންޑިއާގައި ޚަރަދުތައް މިހާރު ހުރި ގޮތުން މަދުވެގެން މަހަކު 18،000 ރުޕީސް ނުލިބި އަސާސީ ބޭނުންތައް ފުއްދައިގެން ދިރިނުއުޅުވޭނެ ކަމަށެވެ.

މިއީ މިފަދަ ކަމެއްގައި ދުނިޔޭގައި މިހައިތަނަށް ކުރެވޭ އެންމެ ބޮޑު މުޒާހަރާކަމަށް ހަދާނެ ކަމަށާއި މުޒާހަރާ ކާމިޔާބުކުރާނެ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން