ޕާކިސްތާނުގެ ކޯޓަކަށް ހަމަލާދީ 14 މީހުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ޕާކިސްތާނުގެ ކޯޓަކަށް ހަމަލާދީ 14 މީހުން މަރާލައިފި
ޕާކިސްތާނުގެ މަރްދާން ޑިސްޓްރިކްޓްގެ ކޯޓަކަށް އަތުބޮމުންނާއި ޖާނުން ފިދާވެގެން ހަމަލަދީ 14 މީހުން މަރާލައި 40 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ.

މީގެ ތެރޭގައި 4 ލޯޔަރުންނާއި 3 ފުލުހުންވެސް ހިމެނެއެވެ. ހަމަލާގެ ޒިންމާ އުފުލާފައިވަނީ ޖަމާއަތު އަހްރާރުންނެވެ.

ހަމަލާދިން މީހާ ފުރަތަމަ އަތުބޮމެއް އެއްލައި ކޯޓުގައި ހުރި ޕޮލިސް ޕޯސްޓް ގޮއްވައިލީއެވެ. އެއަށްފަހު 8 ކިލޯގެ ބަރުދަން ހުރި ގޮވާތަކެއްޗާއިއެކު އަމިއްލަ ހަށިގަނޑު ގޮއްވައިލީއެވެ.

ޤާނޫނީ ވަކީލުންގެ ފަރާތުން ބުނީ ޓެރަރިސްޓުން ޤާނުނީ ވަކީލުން މަރަމުން ގެންދަނީ އެމީހުންނަކީ ޑިމޮކްރަސީ އާއި އަދުލު އިންސާފު ޤަބޫލުކުރާ ބައަކަށް ނުވެފައި ޤާނުނީ ވަކީލުންނަކީ އެކަންކަން ހޯދަން ވަކާލާތުކުރާ ބައަކަށްވާތީ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހޮސްޕިޓަލަކަށް ދިން މިފަދަ ހަމަލާއެއްގައިވެސް ވަނީ ގިނަ އަދަދެއްގެ ވަކީލުން މަރައިފައެވެ.
މިއަދު އޮންލައިން