1.5 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން އިންޑިއާ ރައްޔިތަކަށް ވުމުގެ ފުރުޞަތު ހުޅުވާލަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
ޕްރޮގްރާމް ފެށުމުން ކުރިއަށް އޮންނަ 18 މަސް ދުވަހުގެ ތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފައެވެ.
އެގޮތުން އެފަރާތަކަށާއި އާއިލާއަށް ބޭނުން ވަރަކަށް އިންޑިއާއަށް އައިސް ގޮސް ވުމާއި (ވިސާ ނެތި) އިންޑިއާގައި ދިރިއުޅުމާއި އިންޑިއާ އިން ބިމާއި ވިޔަފާރި ގަތުމާއި އިންޑިއާގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަދަ ފުރުޞަތުތައް ދިނުމަށް ވަނީ ނިންމައިފައެވެ.
މި ފުރުޞަތުތައް ދެނީ 10 އަހަރު ދުވަހަށެވެ. އެ މުއްދަތުގައި އަބަދުވެސް މަދުވެގެން އިންޑިއާގެ 20 މުވައްޒިފުން ވަޒީފާގައި ގެންގުޅެންޖެހެއެވެ.
މިފަދަ ފުރުޞަތުތައް 20 ވަރަކަށް ޤައުމަކުން މިހާރުވެސް ވަނީ ހުޅުވާލައިފައެވެ. އިންޑިއާ ސަރުކާރުން އުންމީދު ކުރަނީ މި ޕްރޮގްރާމްގެ ސަބަބުން ބޭރުގެ ގިނަ ބައަކު އިންޑިއާގައި އިންވެސްޓްކުރާނެ ކަމަށެވެ.