ޙަރަމްފުޅު ސަރަހައްދުގައި ފިތި ހާސްވެގެން ހުކުރު ދުުވަހު 170 މީހަކަށް ކުއްލި ފަރުވާދޭން ޖެހުނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ޙަރަމްފުޅު ސަރަހައްދުގައި ފިތި ހާސްވެގެން ހުކުރު ދުުވަހު 170 މީހަކަށް ކުއްލި ފަރުވާދޭން ޖެހުނު
މައްކާގެ ޙަރަމްފުޅު ސަރަހައްދުގައި ފިތި ހާސްވެގެން ހުކުރު ދުުވަހު 170 މީހަކަށް ކުއްލި ޙާލަތުގައި ފަރުވާދޭން ޖެހިއްޖެއެވެ. މިކަން މެދުވެރިވީ ހުކުރު ނަމާދަށް ގިނަ އަދަދެއްގެ މީހުން ޖަމާވުމުންނެވެ.

ސިވިލް ޑިފެންސްގެ ޑިރެކްޓަރ ބްރިގޭޑިއަރ ޢަބްދުލްޢަޒީޒް ވިދާޅުވީ އެ ހާލަތު މެދުވެރިވި ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނާއިި ބަލި މީހުން ކަމަށެވެ. އެއެންމެންނަށް ވެސް ކުއްލި ހާލަތުގައި ފަރުވާދީ ނުރައްކަލުން ސަލާމަތް ކުރެވުނު ކަމަށެވެ.

ޢަބްދުލްޢަޒީޒް ވިދާޅުވީ އެމީހުންނަށް ފަރުވާދިނުމުގައާއި ހެލްތް ސެންޓަރުތަކަށް ގެންދިއުމުގައި ރެޑްކްރެސެންޓްގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބުނު ކަމަށެވެ.

ކުއްލި ކަމެއް މެދުވެރިވެއްޖެ ނަމަ ވަގުތުން އެކަމަކަށް ސަމާލުކަން ދެވޭނެ ގޮތަށް ހަރަމްފުޅު ސަރަހައްދުގައި މިފަހަރު ވަނީ ވަރަށް ފުރިހަމައަށް އިންތިޒާމުތައް ހަމަޖައްސައިފައެވެ.
މިއަދު އޮންލައިން