ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު 29 ސެޕްޓެމްބަރ 2016 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ޔޫތު ސެންޓަރުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލައްވާފައިވާ ވަގުތީ ކޮމިޓީން މިއަދު މީޑިއާތަކާއި ބައްދަކު ކުރައްވާ މައުލޫމާތުދެއްވަމުންނެވެ. މި ބައްދަލުވުން އޮތީ މިއަދު ހަވީރު 16:15 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައެވެ.
މިބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ ގޮތާއި، އިންތިޚާބު ބޭއްވުމަށް ހަމަޖައްސަވާފައިވާ ތާރީޚު އިއުލާން ކުރެއްވިއެވެ. މިގޮތުން ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު 04 ސެޕްޓެމްބަރ 2016 އިން 22 ސެޕްޓެމްބަރ 2016 ވަނަ ދުވަހުގެ 14:30 އަށް ހުޅުވާލައްވާފައި ވާކަމަށް އިންތިޚާބާއި ބެހޭ ވަގުތީ ކޮމިޓީގެ ރައީސް އަލްފާޟިލް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.