އަން! އަހަރެން މިއިން ބައްޕަ މެރި ގޮތަށް އަހަރެންގެ ގައިގަ ތަޅާ މަރައިލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
އަން! އަހަރެން މިއިން ބައްޕަ މެރި ގޮތަށް އަހަރެންގެ ގައިގަ ތަޅާ މަރައިލާ!
ބޮޑު ބޭބެ އޭނާގެ ހަގު ކޮއްކޮގެ އޮފީހަށް ދިއައީ ދަންވަރު 1 ޖެހިއިރު އޮފީހުގެ ފޯނުން ގުޅައި އައިސް ދިނުމަށް އޭނާގެ ކޮއްކޮގެ ދަރިފުޅު އެދުމުންނެވެ.

ދިއައިރު ކޮއްކޮ އާއި ކޮއްގެ ދަރިފުޅުވެސް ވަނީ ލެއިން ތަތްތެޅިފައެވެ. ކޮއްކޮ އޮތީ ތަޅުންގަނޑުމަތީގައެވެ. ވަނުމާއިއެކު ކޮއްކޮގެ ދަރިފުޅު ފުރަތަމަވެސް ދިއްކޮށްލީ އެތަނުގައި ބަހައްޓާފައިހުރި އަލިފާން ނިއްވާ ފުޅިއެވެ. "އަން! އަހަރެން މިއިން ބައްޕަ ގައިގަ ތެޅި ގޮތަށް އަހަރެންގެ ގައިގަ ތަޅާ މަރައިލާ!"

ފުލުހުންނަށް ގުޅުމުން އައިސް ބެލިއިރު ކޮއްކޮ އޮތީ މަރުވެފައެވެ. އެއްވެސް ޖެހިލުމެއް ނެތި މަރުގެ ޒިންމާ އުފުލީ ދޮށީ ފިރިހެން ފަރިފުޅެވެ. އޭނާ އެކަން ކުރި ގޮތް ވެސް ކިޔައިދިނެވެ. ތަޅާތަޅައި މަރައިލީއެވެ! އަދި އޭނާ ފުލުހުންގެ ކިބައިންވެސް އެދެމުން ދިއައީ ހަމަ އެގޮތަށް ތަޅައި އޭނާ މަރާލަ ދިނުމަށެވެ.

ފުލުހުން ވަނީ ދަރިފުޅު ބަންދުކޮށްފައެވެ. ޝަރީއަތް ކުރިއަށް ގެންދަނީއެވެ.

ދެން އޮތީ މަންމަގެ ރުއިމުގެ އަޑެވެ. މަންމަ ބުނާގޮތުން އޭނާގެ ދަރިފުޅަކީ އާއިލާގެ އެންމެންގެ ލޯބި ލިބިފައިވާ ވަރަށް ރަނގަޅު ދަރިއެކެވެ. އަދި ކުޅަދާނަ ތޫނި ފިލި ދަރިއެއްވެސް މެއެވެ.

އޭނާގެ އުމުރުން 16 އަހަރުގައި ބައިނަލްއަޤްވާމީ ޤާނޫނު ކިޔެވުމަށް ފޮނުވީ އެމެރިކާއަށެވެ. ކިޔެވުމުގެ 2 ވަނަ އަހަރު ގުޅާފައި ބުނީ ކިޔަވާ އެއްވެސް އެއްޗެއް ބޮލަށް ނުވަންނަ ކަމަށެވެ. އެހިސާބުން އެމެރިކާއިން އޭނާ ގެނުވީ ވެސް ބޮޑުބޭބެއެވެ.

އަނބުރައި ގެނައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފާހަގަކުރެވުނީ އޭނާގެ ސިކުނޑީގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމެވެ. ގެންދެވެން ހުރި ހުރިހައި ހޮސްޕިޓަލަކަށް ގެންދިއައެވެ. ދެވެން ހުރި ހުރިހައި ފަރުވާއެއްވެސް ދިނެވެ. ނަމަވެސް ހާލަތަށް މާބޮޑު ބަދަލެއް ނައެވެ.

އޭނާއަށް އޭނާގެ ބައްޕަ މަރައިލެވުނީވެސް އެފަދަ ހާލަތެއްގައި ހުރެއެވެ. މެޑިކަލް ލިޔުންތައްވެސް ވަނީ ހުށަހަޅައިފައެވެ. އޭނާއަށް ފަރުވާކުރި ހޮސްޕިޓަލްތަކުންވެސް ވަނީ ލިޔުންތައް ހުށަހަޅައިފައެވެ.

މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ހިނގި މިހާދިސާ އާއި ގުޅިގެން ބަންދުކުރި ފަހުންވެސް އެކި ފަހަރުމަތިން 7 މަސްދުވަހު ވަނީ ހޮސްޕިޓަލުގައި ބާއްވައިފައެވެ. ހަމަ ރަނގަޅުވެލާއިރަށް ގެންދަނީ ޖަލަށެވެ.

މަންމަ އާއި އާއިލާގެ ހަތަރު އުދަރެސް ވަނީ ފެނުޖެހިފައެވެ. "އަހަރެންގެ ލޯބިވާ ފިރިމީހާ އަބަދަށްޓަކައި ގެއްލި ދިއައީއެވެ. ބަލި ހާލުގައި ހުރި ދަރިފުޅުގެ ހާލު އަދި މާބޮޑެވެ. ދެން އަހަރެންނަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟"

މޮޅު ތޫނުފިލި ކުދިން އެމެރިކާއަށް ކިޔަވަން ދިއުން މިހާރު ވަނީ ބޮޑު ބިރަކަށްވެފައެވެ. މިފަދަ އެތައް ގޮތް ނުއެނގޭ ހާދިސާތަކެއް ކުރިމަތިވަމުން އަންނާތީއެވެ.

(މިއީ ދުބާއީގައި މިހާރު ކުރިއަށްދާ މައްސަލައެކެވެ.)
މިއަދު އޮންލައިން