ފަލަސްޠީނާއިމެދު ގޮތެއް ނިންމުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިޒްރޭލުގައި ކެންޕޭނެއް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ފަލަސްޠީނާއިމެދު ގޮތެއް ނިންމުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިޒްރޭލުގައި ކެންޕޭނެއް ފަށައިފި
ފަލަސްޠީނާއިމެދު ގޮތެއް ނިންމުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިޒްރޭލުގައި ކެންޕޭނެއް ފަށައިފިއެވެ.

އިޒްރޭލުގެ ކުރީގެ ސިޔާސީ ބައަކާއި ކުރީގެ ސިފައިންނާއި އިޖުތިމާޢީ ޚިދުމަތްކުރާ މީހުންނާއި ކުރެހުންތެރިންގެ ބައަކު ހިމެނިގެން ކުރިއަށް ގެންދާ މިކެންޕޭނުގައި މަސައްކަތް ކިުރަމުން ގެންދަނީ ފަލަސްޠީނުގެ މިނިވަންކަމާއި އަދި ހިފާފަައިވާ ފަލަސްޠީނުގެ ބިންތަކާއިމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

އެ ޖަމާއަތުން އެދެމުންދަނީ އަންނަ އަހަރަކީ 1967 ވަނަ އަަހަރު ފަލަސްޠީނުގެ ބިންތައް އިޒްރޭލުން ހިފުމަށް 50 އަަހަރުފުރޭ އަހަރުކަމަށްވާތީ އެއިގެ ކުރިން ވޯޓެއް ނަގައި މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކުރުމަށެވެ.

"ޑެސިޝަން އެޓް 50"ގެ ނަމުގައި ކުރިއަށް ގެންދާ މިކެންޕޭނަށް ރައްޔިތުންގެ ތަރުޙީބު އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ސަރުކާރުން މިފަދަ ވޯޓަކަށް ފުރުޞަތު ދީފާނެ ކަމަކަށް ނުވެލެވެއެވެ.

އެ ޖަމާއަތުން ބުނެފައިވަނީ ފަލަސްޠީނަށް މިނިވަންކަން ދޭނީކަން، ނުވަތަ އެކީގައި ދިރިއުޅޭނީކަން މިހާރު ކަނޑައަޅަންޖެހިފައިވާ ކަމަށެވެ. އަދި އެކަމަށް ގޮތެއް ނިންމުމުގެ ފުރުޞަތު ރައްޔިތުންނަށް ދޭންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން