ޔޫއޭއީގެ ރައީސް، ދަރަނީގެ ޒިންމާ ނަންގަވައި 442 މީހުން ޢީދުގެ އުފަލުގައި މިނިވަން ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޔޫއޭއީގެ ރައީސް، ދަރަނީގެ ޒިންމާ ނަންގަވައި 442 މީހުން ޢީދުގެ އުފަލުގައި މިނިވަން ކުރައްވައިފި
ޔޫއޭއީގެ ރައީސް ހިޒް ހައިނަސް ޝައިން ޒައިދް އަލްނަހްޔާން އަޟްޙާ އީދުގެ އުފަލުގައި 442 މީހުން ޖަލުން މިނިވަންކުރައްވައިފިއެވެ.

މީގެތެރޭގައި ޢާންމު ކުށްތައް ކޮށްފައިވާ ހުރިހައި ބާވަތެއްގެ ކުށްވެރިން ހިމެނެއެވެ. އެއިގެ ތެރޭގައި ހިމެނޭ ދަރަނިވެރިންގެ ދަރަނީގެ ޒިންމާ ޝައިން ޒައިދް އަލްނަހްޔާން ނަންގަވައިފައެވެ.

ޝައިން ޒައިދް އަލްނަހްޔާން ވިދާޅުވީ މިއެންމެންގެ ކިބައިންވެސް އެދިވަޑައިގަންނަވަނީ ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުގައި ދިރިއުޅުމަށް ކަމަށެވެ. އަދި އެމީހުންނަކީ މުޖުތަމައުއަށް ގެއްލުންދޭ ބައެއްގެ ބަދަލުގައި މުޖުތަމައުއަށް ފައިދާހުރި ކަންކަން ކުރާ ބައަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދު އޮންލައިން