ގެރިމަސް ކެއުމުގެ އަދަބަކަށް ބޮޑުބޭބެ އާއި ބޮޑުދައިތަ މަރައި ދެ ކޮއްކޮ އާއި ގަދަކަމުން ޖިންސީ ގުޅުން ހިންގައިފި އެވެ.
ހަރިޔާނާ ސްޓޭޓްގެ 20 އަަހަރުގެ އަންހެން ކުއްޖަކު ބުނީ އެކަން ކުރީ 4 ފިރިހެނުންވެގެން ކަމަށެވެ. "އެމީހުން އައިސް ތަލަންފެށިގޮތަށް ހުއްޓާ ނުލައި ތަޅައި ބޮޑު ދައިތައާއި ބޮޑުބޭބެ މަރައިލީ. އެއަށްފަހު އަހަރެންނާ 14 އަަހރުގެ ކޮއްކޮ އާ ގަދަކަމުން ޖިންސީ ގުޅުން ހިންގީ."
ރިޕޯޓްތައް ބުނާ ގޮތުން މިކަންކޮށްފައިވަނީ މީގެ 14 ވަރަކަށް ދުވަސް ކުރިންނެވެ. ފުލުހުން މިހާރު ވަނީ މިކަންކުރި 4 މީހުން ހައްޔަރުކޮށް މީހުން މެރުމާއި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގައި ދައުވާ އުފުލައިފައެވެ.
އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ގެރި ކަތިލުމާ ގެރި މަސް ކެއުން މަނާކުރި ފަހުން މިފަދަ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.