އެމެރިކާގެ ނިޔުޔޯކް ސިޓީގައި އެންމެ ގިނަ މީހުން ބާޒާރުކުރަން ގޮސް އުޅޭ ސަރަހައްދަކުން ބާޒާރުކުރަން އުޅުނު މުސްލިމް އަންހެނެއްގެ ހިޖާބުގައި އަލިފާން ރޯކޮށްލައިފިއެވެ.
އަންހެން މީހާ ބުނީ އޭނާއަށް ހޫނުވާކަން އިހްސާސްކުރެވިގެން ފުރަގަސް ބަލައިލިއިރު ހިޖާބުގައި އަލިފާންރޯވެ އަނދަމުން ދަނީ ކަމަށެވެ. އަދި އެއިރުވެސް ލައިޓަރެއް ހިފައިގެން ކައިރީގައި ފިރިހެނަކު ހުރި ކަމަށެވެ.
ހާދިސާގައި މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް ގައިގެ ބައެއް ތަންތަން ވަނީ ފިހިފައެވެ. އަންހެން މީހާ ބުނީ އެކަން ކުރި މީހާ އެއްވެސް ބަހެއް ނުބުނާ ކަމަށާއި ބާރުބާރަށް ގޮސް ފިލީ ކަމަށެވެ. އަދި އެމީހާގެ ފަހަތުން ދިއުމުގެ ބަދަލުގައި އޭނާ ވެސް މަސައްކަތްކުރީ އަލިފާން ނިއްވަން ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އެ އަންހެން މީހާއަކީ އިނގިރޭސިވިލާތުގެ ގްލާސްގޯވއަށް ނިޞްބަތްވާ މުސްލިމް އަންހެނެކެވެ. އެމެރިކާއަށް ގޮސް އުޅުނީ ފަތުރުވެރިއެއްގެ ގޮތުގައެވެ.
ފުލުހުން ބުނީ މައްސަލަ ބަލަމުން ގެންދާ ކަމަށާއި ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރު ނުކުރެވޭ ކަމަށެވެ.
މިފަދަ ކަމެއް އެމެރިކާ ރައްޔިތަކަށް އެހެން ޤައުމެއްގައި ކުރިނަމަ ހައްދުފަހަނައަޅައި ގޮސްފައިވާތީ އެ ޤައުމު ބަންޑުން ޖަހާނުލައި އެމެރިކާ މައިތިރިއެއް ނުވާނެއެވެ.