ހުރިހާ ޤައުމުތަކުންވެސް ރައްޔިތުންނާއިމެދު ހަމަހަމަ އުޞޫލަކުން އަމަލުކުރުމަށް ސައުދިއަރަބިޔާގެ ރަސްހެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ ހައްޖަށް ވަޑައިގެން ތިއްބެވި ޤައުމުތަކުގެ އެންމެ އިސް ބޭފުޅުންނަށް މިނާގައި ބޭއްވެވި ޖާފަތުގައެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވީ ޙައްޖަށް ދިއަ އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި ސައުދީ ސަރުކާރުން ވާނީ ޚިދުމަތް ދެއްވާފައި ކަމަށެވެ. އެކަމުން ނަމޫނާ ލިބިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޙައްޖުން ލިބިދޭ ފިލާވަޅުތައް ދަމަހައްޓަންޖެހޭނެ ކަމަށެވެ.
"ހައްޖުން އަންގައިދޭ އެންމެ މުހިންމު އެއްކަމަކީ މީސްތަކުންގެ މެދުގައި ހަމަހަމަކަން އޮންނަންޖެހޭނެކަން. ޞުލްޙަވެރިކަން އޮންނަން ޖެހޭނެކަން. ޞުލްޙަވެރިކަން އޮންނާނީ ހުރިހާ ރައްޔިތުންނާއިމެދުވެސް އެއް އުޞޫލަކުން އަމަލުކޮށްގެން. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދައްކަވައިދެއްވާފައިވަނީ އެ ނަމުނާ. އިތުރު އެކަލޭގެފާނުގެ ސުންނަތަކީ އެއީ. އެކަން ނަގަހައްޓައި ދަމަހައްޓަންޖެހޭނެ."
"އަހަރެމެންނަށް ފެނިގެން މިދަނީ މާތްﷲގެ އޯގާތެރިވަންތަކަމާއި ރަހްމަތްފުޅުތައް. އެނިއުމަތްތަކަށް ޝުކުރުވެރިވާންޖެހޭނެ."
ސަލްމާން ރަސްގެފާނު ވިދާޅުވީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ކުށަކަށް އަރައިނުގެން ހުރެއްޖެ މީހަކީ މައިބަނޑުން އުފަންވިފަދަ މީހެއްކަމަށްވާއިރު އެކަން ދެމިއޮންނަނީ ވަކި ދަރަޖައަކަށް ނޫން ކަމަށެވެ. އެމީހާގެ އަމަލުތަކުގެ މައްޗަށްކަން އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަމަށެވެ.
"އެންމެ މާތްވެގެންވާ ދެ ހަރަމްފުޅު ހުރީ ސައުދިއަރަބިޔާގަ އެއީ މާތްﷲ މިޤައުމަށް މިންވަރުފުޅު ކުރެއްވެވި ނިއުމަތެއް. އެނިއުމަތަށް އަހަރެމެން އަބަދުވެސް ޝުކުރުވެރިވާނަން. ﷲގެ މެހްމާނުންނަށް ވީހައި ފުރިހަމަ މެހްމާންދާރީއެއް އަދާކުރުންމަތީގައި ދެމިތިބޭނަން. ހައްޖުގެ ކަންކަން ވީހައި ލުއިފަސޭހަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އަބަދުވެސް ކުރަމުން ގެންދާނަން."