ޔަހޫދީންގެ ހަމައެކަނި ބޭނުމަކީ ފަލަސްޠީނު އަޅުވެތިކޮށް މުސްލިމުންގެ މުޤައްދިސް ބިނާތައް ނައްތައިލުން: ފަލަސްޠީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޔަހޫދީންގެ ހަމައެކަނި ބޭނުމަކީ ފަލަސްޠީނު އަޅުވެތިކޮށް މުސްލިމުންގެ މުޤައްދިސް ބިނާތައް ނައްތައިލުން: ފަލަސްޠީން
ޔަހޫދީންގެ ހަމައެކަނި ބޭނުމަކީ ފަލަސްޠީނު އަޅުވެތިކޮށް ބޭއްވުމާއި މުސްލިމުންގެ މުޤައްދިސް ބިނާތައް ނައްތައިލުން ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ.

އަޟްޙާ ޢީދު ދުވަހު ރައްޔިތުންނާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން މަޙްމޫދު ޢައްބާސް ވިދާޅުވީ ދުނިޔެއިން ކިތަންމެ ބާރަކަށް ގޮވައިލި ނަމަވެސް ޔަހޫދީންް ތިބީ އެންމެ އިންޗިއެއްވެސް ދޫދޭން ނޫން ކަމަށެވެ. ފަލަސްޠީނުގެ ބިންތަކުގައި އިތުރުކުރަމުން ގެންދާ ބިނާތަކާއި މަސްޖިދުލްއަޤްޞާ އާއިމެދު ޔަހޫދީން އަމަލުކުރަމުން ގެންދާ ގޮތުން މިކަން ދުނިޔެއަށްވެސް ހާމަވެފައިވާ ކަމަށެވެ.

މަޙްމޫދު ޢައްބާސް ވިދާޅުވީ ޔަހޫދީންގެ ބޭނުންވަނީ ފަލަސްޠީނާއި މުސްލިމުންގެ ނަސްލުވެސް ނައްތައިލަން ކަމަށާއި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އިތުރަށް ގެދޮރުވެރިކުރުވަމުން ގެންދާ މައްސަލަ އެމެރިކާއިން ވަނީ ބޭރުފުށުން ކުށްވެރިކޮށްފައެވެ. ޔަހޫދީ ބޮޑުވަޒީރު ނަތަޔާންހޫ ބުނީ އެކަމާ ދެކޮޅު ހަދާ ބައަކާއި އެއްވެސް މަޝްވަރާއެއް އެކަމުގައި ނުކުރާނެ ކަމަށެވެ.
މިއަދު އޮންލައިން