އިސްލާމް ދީނުގެ އެންމެ ބޮޑު އަދުއްވު ކަމުގައިވާ އެމެރިކާއަށް އެމެރިކާގެ މުސްލިމުން ޢީދު ދުވަހު ވަރުގަދަ ފިލާވަޅެއް ދީފިއެވެ. ކުރާ އަނިޔާއަކުން ދައްކާ ބިރަކުން ފަސްނުޖެހޭނެކަން އަމަލުން ހާމަކޮށް ދައްކައިދީގެންނެވެ.
އެމެރިކާގެ ބައެއް މިސްކިތްތަކަށް ޢީދު ނަމާދުކުރަންދިއަ މީހުންގެ އަދަދު ގިނަކަމުން ބައެއް މިސްކިތްތަކުގައި އެތައް ފަހަރަކު އީދު ނަމާދުކުރަންޖެހުނެވެ.
އެގޮތަށް ދިމާވީ އެމެރިކާގައި މުސްލިމުންނަށް ހަމަލާދިނުން އިތުރުވެފައިވާތީ ބައެއް ސަރަހައްދުތަކުގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުޞަތު ނެތުމުންނެވެ. އެގޮތުން ބައެއް މިސްކިތްތަކުގައި ހެނދުނު 7:30 އިން ފެށިގެން 11:45 ވަންދެން ޝިފްޓް ބަހައިގެން އީދު ނަމާދުކުރިކަމަށްވެއެވެ.
އީދާއި ގުޅިގެން ގިނައަދަދެއްގެ ނާމްސޫފިވެސް ވަނީ ޤްރްބާންކޮށްފައެވެ. ބައެއް ސަރަހައްދުތަކުގެ ފިހާރަކުން ޖަނަވާރު ހުސްވެ ފްރިޖްކުރި މަސް ގަންނަންޖެހޭ ހިސާބަށް ދިއައެވެ.
ހުރިހައި މިސްކިތްތަކެއްގައިވެސް އިމާމުން ގޮވައިލެއްވީ ހައްޖަތުލްވަދާޢުގެ ޚުޠުބާގައި ކައު އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގޮވާލައްވަވައިފައިވާ ކަންކަމުގައި ހިފެހެއްޓުމަށެވެ. އެއްވެސް މީހަކީ އަނެކަކަށްވުރެ މާތް މީހެއް ނޫން ކަމަށެވެ. އަދި އަންހެނުންނަށާއި ކުޑަކުދިންނަށް އޯގާތެރިކޮށް ހިތުމަށެވެ.
މައިން ބަފައިން އަމުރުކުރިނަމަވެސް މާތްﷲއަށް އުރެދިގެން ނުވާނެ ކަމަށްވެސް އިމާމުން ވަނީ ވިދާޅުވެފައެވެ. "އަހަރެމެން ބަލަންވީ ސަލާމްލެއްވި އިބްރާހީމްގެފާނުގެ ހަޔާތްޕުޅަށް. ބައްޕަ އެވަރަށް ނުބައި ނަޞޭޙަތް ދިނުމުންވެސް އިބްރާހީމްގެފާނު އެކަންކަން ޤަބޫލުފުޅެއް ނުކުރައްވާ!"
އެހެން އަހަރުތަކަށްވުރެ މިއަހަރު އެމެރިކާގައި އީދު ނަމާދުކުރި މީހުންގެ އަދަދު ގިނައެވެ. އަދި އީދާ ގުޅިގެން ހިންގި އުފާފައުޅުކުރުމުގެ ހަރަކާތްތައްވެސް ގިނައެވެ. ބައެއް ރިޕޯޓްތަކުގައި ބުނެފައިވަނީ މިއީދުގައި މުސްލިމުން ތިބީ އިތުރު ޖޯޝެއްގައި ކަމަށެވެ. ރޫޙާނީ ބާރުތަކެއް ލިބިފައިވާ ބައެއް ފަދައިން ކަމަށެވެ.