ކައިވެނިކޮށްގެން ހުރި އަންހެނަކު، 3 ދަރިންގެ މަންމަ، ހިލޭ ފިރިހެނަކއެކުާ ޖިންސީ ގުޅުން ހިންގުމުން ގެންދާތީ އަންހެން މީހާގެ ޢާއިލާއިން ދެމީހުން ދަންޖައްސައިފިއެވެ.
ފުލުހުން ބުނީ ގަހެއްގައި މި ދެމީހުން ދަންސާފައި ހުއްޓާ ފެނުނީ އިއްޔެ ކަމަށާއި އެކަންކޮށްފައިވަނީ މުލްތަން ސިޓީ އާއި 33 މޭލު ދުރުގައި އޮންނަ ޗާކު އަވަށުގައި ކަމަށެވެ. އަދި މިކަންކުރީ އޭނާގެ ފިރިމީހާ އާއި އޭނާގެ ބައްޕަ އާއި ބޭބެ ގުޅިގެންކަމަށް ބެލެވޭ ކަމަށެވެ.
ދަންޖެއްސުމުގެ ކުރިން ދެމީހުންނަށްވެސް އަނިޔާތައް ކޮށްފައިވާކަން ހަށިގަނޑުން އެނގޭކަމަށްވެސް ފުލުހުން ބުނެއެވެ. އަދި 20 ގެ އަަހަރުތަކުގެ ޚާލިދާ ބީބީ ނަމަކަށް ކިޔާ މިއަންހެންމީހާ ލޯބީގެ ގޮތުން ގުޅުން އުފައްދައި ޖިންސީ ގުޅުން ހިންގަމުން ގެންދިއައީ 19 އަަހަރުގެ މުޚްތާރު މުޙައްމަދު ކިޔާ ޒުވާނަކާއި ކަމަށެވެ.
ފުލުހުން ބުނީ ދަންޖެއްސީ ދެމީހުން ގޯތިތެރޭގައި ހުރި ތަނެއްގައި ޖިންސީގުޅުން ހިންގަން ތިއްބައި ޢާއިލާއަށް ފެނުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޕާކިސްތާނު ފަދަ ބައެއް ޤައުމުތަކުގައި މިބާވަތުގެ އަމަލުތައް ކުރުމުން ދެކެނީ ޢާއިލާގެ އަބުރު ގެއްލުވައިލުން ކަމަށެވެ. އެހެންކަމުން ބައެއް މުޖުތަމައުތަކުގައި ޢާއިލާގެ އަބުރު ގެއްލުވައިލާ މީހުން ގެންދަނީ މަރަމުންނެވެ. އެއީ އެކަމަށް ޢާއިލާއިން ތަރުހީބު ނުދޭކަން އެންގުމުގެ ގޮތުންނެވެ.