ލަންކާއިން ބަންގާޅީންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމުން ބަންގްލަދޭޝް އިންވެސް ހުއްޓާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ލަންކާއިން ބަންގާޅީންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމުން ބަންގްލަދޭޝް އިންވެސް ހުއްޓާލައިފި
ސްރީލަންކާއިން ބަންގާޅީންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމުން ބަންގްލަދޭޝް އިންވެސް ލަންކާ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފިއެވެ.

ބަންގާޅީންނަށް އޮންއެރައިވަލް ވިސާ ދިނުން ލަންކާއިން ހުއްޓައިލީ މިދިއަ ހަފްތާގައެވެ. ނަމަވެސް އެއްވެސް ސަބަބެއް އަދި ކިހައި މުއްދަތަކަށްކަން ލަންކާއިން ހާމަކޮށްފައެއް ނުވެއެވެ.

ބަންގްލަދޭޝް އިން ވަނީ އެއްވެސް ސަބަބެއް ހާމަނުކޮށް ލަންކާއިން މިފަދަ ފިޔަވަޅެއް އެޅުމުން އެކަމަށް ކަންބޮޑުވުން ފައުޅުކޮށްފައެވެ.

ރާއްޖެއަށް ބަލައިފިނަމަ މިހާރަކަށް އައިސް ޑްރަގުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރަނީ ބަންގާޅީންނެވެ. ބަންގާޅީން ރާއްޖެ އަންނަމުން ދުފާއިރު ބޭނުންކުރަން ގެންނަ ދުންފަތްކޮޅު ބަންގާޅު ކަސްޓަމުން އަތުލައިގަނެއެވެ. ނަމަވެސް ކިލޯތަކުން ޑްރަގު ގެންނައިރު ފެންނަކަމަކަށް ނުވެއެވެ.
މިއަދު އޮންލައިން