ޓެންޒޭނިއާ އިން ފެނުނު ފްލައިޓުގެ ބައަކީ އެމްއެޗް 370 ގެ ބައެއްކަން ކަށަވަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޓެންޒޭނިއާ އިން ފެނުނު ފްލައިޓުގެ ބައަކީ އެމްއެޗް 370 ގެ ބައެއްކަން ކަށަވަރުކޮށްފި
ޓެންޒޭނިއާގެ ޕެމްބާ އައިލަންޑަށް ލައްގާފައިވަނިކޮށް މިދިއަ ޖޫން މަހު ފެނުނު ފްލައިޓުގެ ބައަކީ ގެއްލިފައިވާ މެލޭސިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ގެ ބައެއްކަން ތަޖުރިބާކާރުން ކަށަވަރުކޮށްފިއެވެ.

މިމަސައްކަތުގައި އުޅުނު އޮސްޓްރޭލިއާ އާއި މެލޭސިޔާގެ ޓީމުން ބުނީ އެއީ އެ ފްލައިޓްގެ ބައެއްކަން ޔަޤީންކުރެވޭވަރަށް ހެކިތައް އެބަހުރިކަމަށެވެ. އެއިގެ ތެރޭގައި ކަނޑާނަގާފައިވާ ނަމްބަރުތަކާއި އެހެނިހެން މައުލޫމާތުވެސް އެ ފްލައިޓާ ދިމާވާ ކަމަށެވެ.

މިބައިން ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބު އަދި ޔަޤީން ނުކުރެވުނު ނަމަވެސް އެފަދަ ޔަޤީންކަމެއް ލިބޭތޯ މަސައްކަތްކުރަން ވަނީ ނިންމައިފައެވެ.

8 މާރޗް 2014 ވަނަ ދުވަހު ގެއްލިފައިވާ މިފްލައިޓަކީ މެލޭސިޔާއިން 239 މީހުންނާއިއެކު ދަތރުކުރި ފްލައިޓެކެވެ. ފްލައިޓަށް ދިމާވި ގޮތެއް އަދި ފަސިންޖަރުންނަށްވީ ގޮތެއް އަދިވެސް ވަނީ ނުހޯދިފައެވެ.

މިކަމާއި ގުޅިގެން ބައެއް ރިޕޯޓުތަކުގައި ބުނެފައިވަނީ މި ފްލައިޓުން ްައިނާއަށް ގެންދަން އުޅުނު މުހިންމު މައުލޫމާތުތަކެއް ހޯދުމުގެ ބޭނުމުގައި އެމެރިކާއިން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
މިއަދު އޮންލައިން