ދަރިފުޅާ ދެން ބައްދަލުވާނެކަމުގެ އުންމީދުވެސް ނެތް މަންމައކަށް މިނާއިން ދަރިފުޅާ ބައްދަލުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ދަރިފުޅާ ދެން ބައްދަލުވާނެކަމުގެ އުންމީދުވެސް ނެތް މަންމައކަށް މިނާއިން ދަރިފުޅާ ބައްދަލުވެއްޖެ
ފަލަސްޠީނުގެ ގާޒާގައި ދިރިއުޅޭ ރައްޔިތުންނަށް އެރަށުން ބޭރަށް ނުދެވޭގޮތަށް ޔަހޫދީން ހިސޯރުކޮށްފައިވުވުމުން ދަރިފުޅު އިމާދާއި ބައްދަލުްވާނެ ކަމުގެ އެއްވެސް އުންމީދެއް މަންމަގެ ނެތެވެ.

އަދި އިމާދުވެސް ނެތެވެ. އެހެންކަމާއިއެކުވެސް މާތްﷲގެ މިންވަރުފުޅުން ދެމައިން މިނާއިން ބައްދަލުވެއްޖެއެވެ.

އިމާދު ޙައްޖަށް އައީ ފަލަސްޠީނުގެ ރައްޔިތުން ހައްޖުވުމަށް ސަލްމާން ރަސްގެފާނު ދެއްވެވި 1000 ފުރުޞަތުގެތެރެއިން ނަޞީބު ލިބިގެންނެވެ.

މަންމަ ދިރިއުޅެނީ ސައުދިއަރަބިޔާގެ ވެރިރަށް ރިޔާޛްގައެވެ. މަންމަ ހައްޖަށް އައީ އޭނާގެ ގެއްލިފައިވާ ދަރިފުޅާއި ބައްދަލުވުން އެދި ދުޢާކުރުމަށާއި ދަރިފުޅަށް ހެޔޮ ރަޙްމަތް މިންވަރުފުޅު ކުރެއްވެވުން އެދި ދުޢާކުރުމަށެވެ.

އީމާދު ބުނީ މިއީ އޭނާގެ ހަޔާތުގައި ދުވަހަކުވެސް އުންމީދުކުރި ކަމެއް ނޫންކަމަށެވެ.

ދެމައިންވެސް ވަނީ ސަލްމާން ރަސްގެފާނުގެ ދީލަތި އެހީފުޅަށް ޝުކުރު އަދާކޮށްފައެވެ.


މިއަދު އޮންލައިން