ސާކުގެ ހަމަޖެހުން: ނޭޕާލާ އިންޑިއާ އެއްގަލަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ސާކުގެ ހަމަޖެހުން: ނޭޕާލާ އިންޑިއާ އެއްގަލަކަށް!
އިންޑިއާ އާއި ނޭޕާލުގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުޅުމަށްފަހު ދެ ޤައުމު އެއްގަލަކަށް އަރައިފިއެވެ.

ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލް ވަނީ 4 ދުވަހުގެ ރަސްމީ ދަތުރުުފުޅެއްގައި ބުރާސްފަތި ދުވަހު އިންޑިއާއަށް ވަޑައިގެންފައެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ނޭޕާލުގެ ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދެޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ވަނީ އިއްޔެ ކުރިއަށް ގެންގޮސްފައެވެ.

ނޭޕާލަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަނީ އިންޑިއާ އިންނެވެ. ދެ ޤައުމު މެދުގައި މައްސަލަތައް އުފެދުނީ ނޭޕާލުގައި ވެރިކަންކުރާ ކޯލިޝަން ސަރުކާރު ބައިބައިކޮށް ވެރިކަން ވައްޓާލަން އިންޑިއާ އިން މަސައްކަތްކުރާ ކަމަށް ނޭޕާލް އިން ކުރި ތުހުމަތުތަކާއި ގުޅިގެންނެވެ.

އަންނަ ނޮވެމްބަރު މަހު ޕާކިސްތާނުގައި ބާއްވަން ހަމަޖެހިފައިވާ ސާކު ސަމިޓުގެ ކުރިން ޤައުމުތަކުގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް ނައްތައިލުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ބެލެވެއެވެ.
މިއަދު އޮންލައިން