މަށަކީވެސް ނަރުހެއް- ނަރުސްކަމަކީ އަންހެނުންނަށް ޚާއްޞަ މަސައްކަތެއް ނޫން: މާޖިފް އަލްޙައްމާދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
މަށަކީވެސް ނަރުހެއް- ނަރުސްކަމަކީ އަންހެނުންނަށް ޚާއްޞަ މަސައްކަތެއް ނޫން: މާޖިފް އަލްޙައްމާދު
މަށަކީވެސް ނަރުހެއް ކަމަށާއި ނަރުސްކަމަކީ އަންހެނުންނަށް ޚާއްޞަ މަސައްކަތެއް ނޫން ކަމަށް ދުބާއީގައި ނަރުހެއްގެ ވަޒިފާ އަދާކުރަމުން ގެންދާ އުމުރުން 22 އަހަރުގެ ފިރިހެނެއްކަމަށްވާ މާޖިފް އަލްޙައްމާދު ބުނެފިއެވެ.

އަލްޙައްމާދު ބުނީ އަންހެން ނަރުހުންނަކީވެސް މުހިންމު ބައެއް ކިަމަށެވެ. ހަމައެއާއިއެކު ނަރުހުންގެ ގޮތުގައި ފިރިހެނުން މަސައްކަތްކުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. "އަހަރެން މި މަސައްކަތަށް ކުރިމަތިލީ އިންސާނީ ޚިދުމަތެއް ކުރުމުގެ ބޭނުމުގަ. އަހަރެންގެ ޚިދުމަތަށް އެދޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ މިންވަރުން މި މަސައްކަތްކުރާ ފިރިހެނުންނަށް އޮތް ބޮޑު ޑިމާންޑް ވަރަށް ރަނގަޅަށް މިހާރު އެނގިއްޖެ."

އަލްޙައްމާދު ބުނީ ނަރުހުންގެ ގޮތުގައި މަސައްކަތްކުރާ އަންހެން ކުދިން ކިތަންމެ ރަނގަޅަށް މަސައްކަތްކުރަން ބޭނުންވި ނަމަވެސް އެމީހުންނަށް ކުރަންފަސޭހަ ނޫން ކަންތައްތަކެއް ހުންނަ ކަމަށެވެ.

އަލްޙައްމާދު ބުނީ އިކްއިޕްމަންޓް ފަދަ ތަކެތި އުފުލަންޖެހޭ ހާލަތްތަކުގައި އެމީހުންނަށް ޖެހެނީ އެހީތެރިއަކަށް އިންތިޒާރުކުރަން ކަމަށެވެ. ނަމަވެސް އޭނާއަކީ ފިރިހެނަކަށްވުމުން އިމަރޖެންސީގައި ކުރަންޖެހޭ އޭނާއަށް ކުރެވޭވަރުގެ މަސައްކަތްތައް އަމިއްލައަށް ކުރަމުން ގެންދާތީ ބަލިމީހުންނަށް ދޭންޖެހޭ ފަރުވާ އަވަހަށް ދެވޭ ކަމަށެވެ.

"މިއީ ހަމަ އެހެން މަސައްކަތްތައްވެސް ފަދަ މަސައްކަތެއް، ޑިޔުޓީ އަދާކޮށްފަ އެހެންކަން ކުރާނެ ހުސްވަގުތުވެސް ލިބޭ. ދެން ކޮބާ މައްސަލައަކީ. ވަޒީފާގެ ގަރަންޓީ އެންމެ ބޮޑު އެއް މަސައްކަތް މިއީ." އަލްހައްމާދު ބުނެފައިވެއެވެ. އަދި އޭނާ ވަނީ އޭނާ ފަދައިން އެހެން ފިރިހެން ކުދިންވެސް ނަރުހަކަށް ވުމަށް އެދިފައެވެ.
މިއަދު އޮންލައިން