ނިވްޔޯކް ފެޝަން ވީކްގަ ފުރަތަމަ ފަހަރަށް ބުރުގާއަށް ފުރުޞަތު ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ނިވްޔޯކް ފެޝަން ވީކްގަ ފުރަތަމަ ފަހަރަށް ބުރުގާއަށް ފުރުޞަތު ދީފި
ފެޝަން އިޝްތިހާރު ކުރުމަށް އެމެރިކާގެ ނިވްޔޯކުގައި ބާއްވަމުން ގެންދާ ފެޝަން ވީކުގައި ފުރަތަމަ ފަހަރަށް ބުރުގާއަށް ފުރުޞަތުދީފިއެވެ.

އެގޮތުން ނިމިގެންދިއަ ފެޝަމްވީކު ޝޯތަކުގެ ތެރެއިން އިންޑޮނޭސިއާގެ ޑިޒައިނަރެއްކަމަށްވާ އަނީސާ ހަސިބުއާން އަށް ފުރުޞަތު ދިނުމުން އޭނާ ވަނީ ތަފާތު 48 ހެދުމެއް ދައްކައިފައެވެ. އެއިގެ ތެރޭގައި 10 ހަވީރު ހެދުންވެސް ހިމެނެއެވެ. މިހެދުންތައް ތަމްސީލުކުރީ އެކަމަށްޓަކައި އިންޑޮނޭސިއާ އިން އެމެރިކާއަށް ގެންގޮސްފައި ތިބި މޮޑެލުންނެވެ.

އުމުރުން 30 އަހަރުގެ އަނީސާ އަކީ މިޝޯގެ ތެރެއިން ބުރުގާ ހެދުމަށް ފުރުޞަތު ލިބުނު ފުރަތަމަ މުސްލިމް ޑިޒައިނަރެވެ. އޭނާގެ ހެދުންތަކަށް އިންޑޮނޭސިއާގައި ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަނިސާގެ އުފެއްދުންތައް ވިއްކައި އިޝްތިހާރު ކުރުމަށް އިންޑޮނޭސިއާގައި އޭނާގެ އަމިއްލަފިހާރައެއްވެސް ހިންގައެވެ.

އަނިސާގެ ބުރުގާ ހެދުންތައް ތަމްސީލުކުރި އެއްވެސް ކުއްޖަކު ހަށިހަނޑުގެ ރީތިކަމާއި ކުޅަދާނަކަން ދައްކަން މަސައްކަތްކޮށްފައި ނުވި ނަމަވެސް ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ވަނީ އެކުދިންނަށް ލިބިފައެވެ.

މިޝޯގެ ސަބަބުން އަނީސާގެ އުފެއްދުންތަކަށް އެމެރިކާއިން ފުރުޞަތު އިތުރުވާނެކަމަށް ބެލެވޭއިރު އެމެރިކާގެ ޑިޒައިނަރުންވެސް ވަނީ އަނިސާގެ ހުށަހެޅުންތަކަށް ތައުރީފްކޮށްފައެވެ.
މިއަދު އޮންލައިން