ވިދްޔާ ބަލަންއަށް ޑެންގީ ޖެހި ދުބާއީ ދަތުރު ކެންސަލްކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 38ސ
ވިދްޔާ ބަލަންއަށް ޑެންގީ ޖެހި ދުބާއީ ދަތުރު ކެންސަލްކޮށްފި
ބޮލީވުޑްގެ މަޝްހޫރު ތަރިއެއްކަމަށްވާ ވިދްޔާ ބަލް އަށް ޑެންގީ ޖެހި ދުބާއީއަށް މިއަދު ކުރަން ހަމަޖެހިފައި އޮތް ދަތުރު ކެންސަލްކޮށްފިއެވެ.

ވިދްޔާ މިއަދު ދުބާއީއަށް ދިއުމަށް ހަމަޖެހިފައި އޮތީ ކައިވެނި ހަފްލާއެއްގައި ބައިވެރިވުމަށެވެ. ނަމަވެސް ވިދްޔާ ފޮނުވި މެސެޖުގައި ބުނެފައިވަނީ "ދުބާއީގަ އާ ހައިދަރު އާބާދުގަ ބައިވެރިން ހަމަޖެހިފަ އޮތް ދެ ހަފްލާގައި ބައިވެރިވެވޭކަށް ނެތް. އަހަރެން މިއޮތީ ޑެންގީ ޖެހިގެން. އަހަރެންގެ އިންތިޒާރުގަ ތިބި މީހުންނާ ބައްއްދަލު ނުކުރެވުނީތީ ހިތާމަކުރަން." ކަމަށެވެ.

ވިދްޔާ ހައިދަރުއާބާދަށް ދިއުމަށް ހަމަޖެހިފައި އޮތީ ފެޝަން ޑިޒައިނަރ ގުއަރާންގ ޝާހް ބާއްވާ ފެޝަން ޝޯއެއްގައި ބައިވެރިވުމަށެވެ.

އިންޑިއާގައި ޑެންގީ ދަނީ ވަރަށް ބާރަށް ގެތުރެމުންނެވެ.
މިއަދު އޮންލައިން