ކާރުގެ ޑިކީގައި ޅަ ގެރިއެއް ގެންދަނިކޮށް ކާރު އެކްސިޑެންޓްވެ ގެރިމަރުވުމުން ތަޅައި އަނިޔާކޮށް ކާރުގެ ވެރިމީހާ މަރާލައިފިއެވެ.
މިމަހުގެ 13 ވަނަ ދުވަހު ގޭންގަކުން އަނިޔާކުރި އިންޑިއާގެ ގުޖްރާތަށް ނިޞްބަތްވާ އުމުރުން 25 އަހަރުގެ މުޙައްމަދު އައްޔޫބް މިވް މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން ބުނީ އޭނާއަށް އަނިޔާކުރީ ގެރި ގެންދިއައީ ކަތިލަންކަމަށް ތުހުމަތުކޮށް ކަމަށެވެ. މުޙައްމަދުގެ ކޮއްކޮ އިމްރާން ބުނީ ބޭބެ ގެރިއެއް ގަތީ ތާޒާކިރުގެ ބޭނުމުގައި ކަމަށެވެ.
ބީޖޭޕީ ވެރިކަމަށް އައިފަހުން ހިންދޫންގެ ތާއީދު ހޯދުމަށްޓަކައި ގެރި ހިމާޔަތްކުރުމުގެ ނަމުގައި އެތައް ބައަކު މިހާރު ވަނީ މަރައިފައެވެ.