އެމެރިކާގެ ޝޮޕިންގ މޯލެއްގަ ވަޅިން ހަމަލާދީ 8 މީހަކު ޒަޚަމްކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
އެމެރިކާގެ ޝޮޕިންގ މޯލެއްގަ ވަޅިން ހަމަލާދީ 8 މީހަކު ޒަޚަމްކޮށްލައިފި
އެމެރިކާގެ ޝޮޕިންގ މޯލެއްގައި ވަޅި ހިފައިގެން ހުރި މީހަކު ވަޅިން ހަމަލާދީ 8 މީހަކު ޒަޚަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިހަމަލާ ދިނީ އަމިއްލަ ސެކިޔުރިޓީ ފާމެއްގެ ޔުނިފޯމުއަލައިގެން ހުރި މީހެއް ކަމަށެވެ. އަދި ހަމަލާ ދިނުން ހުއްޓުނީ އޯފްޑިޔުޓީގައި ހުރި ފުލުހަކު އޭނާގެގައަށް ބަޑިޖަހައި މަރާލުމުން ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ މިނިސްޓޯނުގެ މަޝްހޫރު ޝޮޕިންގ މޯލެއް ކަމަށްވާ ކްރޮސް ރޯޑްސް ސެންޓަރުގައެވެ. ހަމަލާގައި ޒަޚަމްވި މީހުންނަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އިތުރު ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މިއަދު އޮންލައިން