ބެންގަލޫރުގަ 42 ބަސް އަންދައިލީ އަންހެނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބެންގަލޫރުގަ 42 ބަސް އަންދައިލީ އަންހެނެއް؟
މިމަހުގެ 12 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި ހިނގި ހަމަނުޖެހުންތަކުގައި އަލިފާން ރޯކޮށް އަންދައިލި 42 ބަހުގައި ހުޅުޖެހުމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށްބުނެ ފުލުހުން އަންހެނަކު ހައްޔަރުކޮށްފިއެވެ.



މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަގްޔަޝްރީ ކިޔާ ޒުވާން އަންހެނެކެވެ. އެންމެ އާދައިގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ ނިކަމެތި އަންހެނެކެވެ.



ގޭގައި ހުއްޓައި ބަންދުކޮށްގެން ގެންގޮސް ޖަލަށް ލުމުން ރައްޔިތުން ނުކުމެ ހަޅުތާލުކުރަން ފެށުމުން މިހާރު ވަނީ އަންހެނުން ބަލަހައްޓާ ތަނަކަށް ބަދަލުކޮށްފައެވެ.



ފުލުހުން ބުނީ ބަހެއްގައި އޭނާ އަލިފާން ރޯކުރާ މަންޒަރު ސީސީޓީވީ އިން ފެންނަ ކަމަށެވެ. އަދި ބަސްތައް އަންދައިލުމަށް ހިތްވަރުވެސްދީފައިވާ ކަމަށެވެ.



އޭނާއަށް ވަނީ ދިފާއީ ވަކީލަކު ހޯދަން އަންގައިފައެވެ. ނަމަވެސް އޭނާއަކީ އެފަދަ ކަމެއް ކުރެވޭނެވެ. ތަނަވަސްކަން ހުރި އަންހެނެއް ނޫނެވެ.

އިންޑިއާގައި ހިންގާ މިފަދަ އެހެން ކަންކަން ފަދައިން އެރޭ ގިނަ ބައަކު ވަނީ ބެންގަލޫރުގެ އެތައް ތަނެއް ލޫޓުވައިފައެވެ. އެއިގެތެރޭގައި އައިޓީ ޕާކެއްވެސް ހިމެނެއެވެ.



މިހާދިސާތަކާއި ގުޅިގެން ފުލުހުން ވަނީ 444 މީހުން ހައްޔަރުކޮށްފައެވެ.
މިއަދު އޮންލައިން