އެމެރިކާގައި ތިބި ޔޫއޭއީ ރައްޔިތުން ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެމްބަސީން އިލްތިމާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އެމެރިކާގައި ތިބި ޔޫއޭއީ ރައްޔިތުން ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެމްބަސީން އިލްތިމާސްކޮށްފި
އެމެރިކާގައި ތިބި ޔޫއޭއީ ރައްޔިތުން ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެމެރިކާގައި ހުންނަ ޔޫއޭއީ އެމްބަސީން އިލްތިމާސްކޮށްފިއެވެ.

ޔޫއޭއީ އެމްނަސީން މިފަދަ އިލްތިމާސެއް ކުރީ ނިވްޔޯކުގައި ރޭ ހިންގި އެއްޗެއް ގޮއްވައިލުމުގެ ހާދިސާފައި 29 މީހުން ޒަޚަމްވުމާއި ގުޅިގެންނެވެ. މި ހާދިސާއަކީ ބައަކު ޤަޞްދުގައި ހިންގާފައިވާ ހާދިސާއެއްކަން މޭޔަރު ވަނީ ކަށަވަރުކޮށްދީފައެވެ.

ޔޫއޭއީ އެމްބަސީން ބުނެފައިވަނީ އެމެރިކާގެ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށެވެ. އަދި މިވަގުތަކީ މަގުތަކަށް ނުކުމެ އުޅުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ވަގުތެއް ކަމަށެވެ.

ކުއްލި ހާލަތުގައި އެމްބަސީ އާއި ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެމްބަސީން ވަނީ ބުނެފައެވެ.

ރޭގެ ދެ ހާދިސާ އާއި ގުޅިގެން މުޅި އެމެރިކާގައިވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ. އެމެރިކާގެ ސަލާމަތީ ކަންކަން ބެލެހެއްޓޭ މިންވަރާއިމެދުވެސް ވަނީ ސުވާލު އުފެދިފައެވެ.
މިއަދު އޮންލައިން