ރަސިއާ ބައިބައިވުމުން ހައްޖަށް ދާ މީހުންގެ އަދަދު 40 އިން 16،200 އަށް އިތުރުވެއްޖެއެވެ.
ސައުދިއަރަބިޔާއިން ބުނީ މީގެ 400 އަހަރު ކުރިން ވެސް ރަސިއާ އިން ހައްޖުވުމަށް މީހުން އަންނަ ކަމަށެވެ. ރަސިއާ ބައިބައިނުވެ އޮތް އިރު ރަސިއާއިން ހައްޖަށް އައީ 20 އާއި 40 އާއި ދެމެދުގެ އަދުތަކަށް ކަމަށާއި މިއަހަރު ހައްޖަށް އައި މީހުންގެ އަދަދަކީ 16،200 މީހުން ކަމަށެވެ.
މިއަހަރު ހައްޖަށް ދިއަ ރަސިއާ މިޝަނުގެ ވެރިއަކަށް ހުންނެވި ލީޑަރު ވިދާޅުވީ ސީރިޔާގައި ހަނގުރާމަކުރަމުން ގެންދާތީ އެއްގަމު މަގުން ހައްޖަށް އައުމުގެ ފުރުޞަތު ބަންދުވެފައިވާ ކަމަށެވެ. އެ ފުރުޞަތު ހުޅުވިފައި އޮތްނަމަ އިތުރު އެތައް ހާސް މީހުން ރަސިއާ އިން ހައްޖަށް އަންނާނެ ކަމަށެވެ.
ރަސިއާ އެއް ޤައުމެއްގެ ގޮތުގައި އޮތް އިރު މުސްލިމުންނަށް އުޅެންޖެހުނީ ވަރަށް ނިކަމެތި ހާލަތެއްގައެވެ. އެހެންކަމުން ދީނީ އަޅުކަން ކުރުންވެސް ވެފައި އޮތީ ބޮޑު ބިރުވެރި ކަމަކަށެވެ.